ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ޤަވާއިދާ ޚިލާފަށްހުރި ކަންކަން އިޞްލާޙް ކުރުން

ރަށުގެ ޤަވާއިދާ ޚިލާފަށްހުރި ކަންކަން އިޞްލާޙް ކުރުން

 ގެޒެޓް ނަންބަރު: 2014/R-133  ގައިވާ ގޭގެއިން މަގުހުރަހަށް ދަނޑި، ދަގަނޑު، ހޮޅި، ވާ، ޓިނު ފަދަ ތަކެތި ނެރެފައި ބެހެއްޓުމާބެހޭ ޤަވައިދާއި އެޤަވައިދުތަކަށް ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ރަށުގެ ބައެއްފަރާތްތަކުން މަގުމަތި ބޭނުންކުރަމުންދާތީ ދަންނަވަމެވެ.

 26 މާރިޗް 2017 ގެ ފަހުން ޤަވާއިދާއި ޤަވާއިދުގެ ދަށުން ހެދިފައިވާ އުޞޫލުތަކާ ޚިލާފްވާ ފަރާތްތަކާމެދު ޤާނޫނީގޮތުން ފިޔަވަޅު އަޅާނޭވާހަކަ ދަންނަވަމެވެ. އަދި ދެންނެވިފައިވާ މުއްދަތުގެ ފަހުން ޤަވާއިދާއި ޤަވާއިދުގެ ދަށުން ހެދިފައިވާ އުޞޫލުތަކާ ޚިލާފަށް މަގުމަތީގައި ބަހައްޓާފައިހުންނަ ތަކެއްޗަކީ ބޭނުންނެތިގެން ބަހައްޓާފައިހުރި ތަކެތިކަމުގައި ކަނޑައަޅައި، ފުލުހުން މެދުވެރިކޮށް ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެ ދަށުން އެތަކެތި ނެގޭނޭވާހަކަވެސް ދަންނަވަމެވެ.

 ކަންމިހެންހުރުމާއެކު، މިކަމަށް ޚާއްޞަ ސަމާލުކަމެއްދީ ދެންނެވިފައިވާ ތާރީޚަށް އެކަންތައް އިސްލާޙްކުރުމަށް ދަންނަވަމެވެ. އަދި ދަންނަވަމެވެ. އެރަށެއްގެ ބަންޑާރަގޯތިތަކާއި ސަރުކާރުގެ މުޢައްސަސާތައްފިޔަވައި ރަށުގެ ބާކީހުރި ހުރިހާ ސަރަޙައްދުތަކަކީ އެރަށެއްގެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަން ކަން ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވަމަވެ. އަދި ދެންނެވިފައިވާ ސަރަޙައްދުތައް ބޭނުންކުރެވޭނީވެސް ކައުންސިލުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާ އެއްގޮތައްކަމުގައިކަންވެސް ރައްޔިތުންނަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

 ވީމާ، މިކަން  ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 20 މާރޗް 2017

20 މާރިޗު 2017
ހޯދާ