މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ހއ.ވަށަފަރުގެ ގޭބިސީތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، މުރަނގަ، އަލަ އަދި ފަތްކެޔޮ އުފައްދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

           ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވިގޮތެއްގައި ރާއްޖޭގައި ކާބޯތަކެތީގެ އުފެއްދުން އިތުރުކޮށްގެން ކާނާގެ ރައްކާތެރިކަން ލިބޭނެމަގު ތަނަވަސްކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތަށް އާލާކޮށް، ފުޑް ސެކިއުރިޓީ ނުވަތަ ކާނާގެ ޔަޤީންކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، ހއ.ވަށަފަރުގެ ގޭބިސީތަކުގަޔާއި ހުސް ބިން އޮތް ތަންތަނުގައި އިންދުމަށް ބަނބުކެޔޮ، ދަނޑިއަލުވި، މުރަނގަ، އަލަ އަދި ފަތްކެޔޮ އުފައްދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަމްބަރު 250-AS/30/2017/3 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ މިއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

 ވީމާ، ތިރީގައިވާ މައުލޫމާތާއި އެއްގޮތަށް ގަސް އުފައްދައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 މާރިޗު 27 ވާ ހޯމަ ދުވަހުގެ 10:00 އަށް ހއ. ވަށަފަރު ކައުންސިލަށް ނުވަތަ މިމިނިސްޓްރީ (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 ހއ. ވަށަފަރުގައި އުފައްދަން  ބޭނުންވާ ގަހުގެ ބާވަތްތައް އަދި އަދަދު

ގަހުގެ ބާވަތް

އަދަދު

ބަނބުކެޔޮ

189

މުރަނގަ

90

އަލަ ނިރު

174

ދަނޑިއަލުވި

184

ފަތްކެޔޮ (ބޮންތިރަތްކެޔޮ)

46

ޖުމްލަ

683

ނޯޓް: މި 5 ބާވަތުގެ ގަސް އުފައްދަންޖެހޭނީ ރާއްޖޭގެ މުޑުވައް ބޭނުންކޮށްގެންނެވެ. ރާއްޖެއިން ބޭރުން ގަސް ގެނެސްގެން ނުވަތަ މުޑުވައް ގެނެސްގެން އުފައްދާ ގަސް ބަލައެއް ނުގަނެވޭނެއެވެ.

 

  1. 1.  ގަސްތަކުގެ ސްޕެސިފިކޭޝަން

ދަނޑިއަލުވި ގަސް ހުންނަންޖެހޭނެ ގޮތް

  1. ބިމުން މައްޗަށް ގަހުގެ މައިގަނޑު 8-10 އިންޗިހުރުން
  2. ގަހުގައި މަދުވެގެން ފުރިހަމަވެފައިވާ 8 ފަތް ލާފައި ހުރުން އަދި ފަތްވަޅުތަކުން ކުރިފަޅަންފަށާފައިވުން (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)   
  3. ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅުކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސްވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެންނުވާނެއެވެ.
  4. ގަސްތަކުގެ ސިއްހަތު ރަގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަންނެތުން، ވަކިން ހާއްސަކޮށް ގުރުޑުބަލި (ވައިރަސް ބަލި) ޖެހިފައިހުރި ގަސްތަކަކަށް ވެގެންނުވާނެ.
  5. މިގޮތުން ދަނޑިއަލުވި މުޑުވައްކުރަން ފެށުމުގެ ކުރިން މުޑުވަކަށް ޙިޔާރުކުރެވޭ ގަސްތަކަކީ ވައިރަސްފްރީ ގަސްތަކެއްތޯ މިނިސްޓްރީއާއި ފޮޓޯ ހިއްސާކޮށްގެން ކަށަވަރުކުރުން

ބަނބުކެޔޮ ގަސް ހުންނަންޖެހޭނެ ގޮތް

1-      އެންމެ ކުރުވެގެން 10 އިންޗިއާ 18 އިންޗިއާއި ދެމެދުގެ ދިގުމިން ހުންނަ ގަސް

2-      ގަހުގައި މަދުވެގެން އެއްކޮށް ފޮޅިފައިވާ 6-8 ފަތް ލާފައި ހުންނަން ވާނެ (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)

3-      ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅުކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސްވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެންނުވާނެ

4-      ގަސްތަކުގެ ސިއްހަތު ރަގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަންނެތުން

މުރަނގަ ގަސް ހުންނަންޖެހޭނެ ގޮތް

  1. ބިމުން މައްޗަށް ގަހުގެ މައިގަނޑު 8-10 އިންޗިހުރުން އަދި މައިގަނޑުގެ ޑަޔަމީޓަރުގައި 2-3 ސެންޓިމީޓަރު ހުރުން
  2. ގަހުގައި މަދުވެގެން ފުރިހަމަވެފައިވާ 6-8 ފަތްކޯޅި ލާފައި ހުރުން (އަދި އެކަށީގެންވާ ވަރަށް މޫވެސް ލާފައި ހުންނަންވާނެ)
  3. ގަސްތައް ހުންނަންވާނީ  (8’’x6’’) ސައިޒްގެ ކަޅުކޮތަޅުގައި އިންދާފަ އަދި ގަސްތަކުން އެއްވެސްވަރަކަށް މޯޅިވުމުގެ ނިޝާނެއް ހުރެގެންނުވާނެ.
  4. ގަސްތަކުގެ ސިއްހަތު ރަގަޅުވެފަ އަދި ގަހުގެ އެއްވެސް ހިސާބެއްގައި ފަނިފަކްސާއެއްގެ ނުވަތަ ބައްޔެއްގެ ނިޝާން ފެންނަންނެތުން

އަލަ ނިރު ހުންނަންޖެހޭނެ ގޮތް

1-      އަލަ ގަހުގެ ބުޑުން ފަޅާފައި ހުންނަ 6 އިންޗި އާއި 18 އިންޗިއާއި ދެމެދަށް ހެދިފައިވާ ނިރު

2-      ނިރު ނަގާފައި ހުންނަންވާނީ މުލަށް ވީހާވެސް ބޮޑަށް ގެއްލުން ކުޑަވާނެހެން

3-      އަލަ ނިރުތައް އެންމެ އަވަސްވެގެންވެސް މުޑުވަށްކޮށްފައިހުރި ބިމުން ނަގަންވާނީ ގަސްބެހުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން އަދި ނިރުތައް ފޯރުކޮށްދޭއިރު ކޮންމެސް ވަރަކަށް ވަޅޯވެފައި ހުރިނަމަވެސް އެއްވެސް ވަރަކަށް އަނދާފައި ނުވަތަ ދޮންވާން ފަށާފައި ހުރެގެން ނުވާނެ

4-      ނިރުގެ އެއްވެސް ހިސާބަކުން ފަނިފަކްސާގެ ނުވަތަ ބައްޔެއްގެ ނިޝާނެއް ފެންނަން ހުރެގެން ނުވާނެ.

ފަތްކެޔޮނިރު ހުންނަންޖެހޭނެ ގޮތް

  1. ނިރު ގައި 5-3 ފޫޓު ހުރުން އަދި ނިރުގެ ބުޑުފަލަވެފަ، ކޮޅަށްހުންނަ ހިމަފަތްތަކެއްހުރުން
  2. ގަހުގެ ނުވަތަ ނިރުގެ އެއްވެސް ހިސާބަކުން ބައްޔެއްގެ ނިޝާނެއް ފެންނަން ހުރެގެން ނުވާނެ
  3. ނިރުގެ ފަތްތައްހުންނަންވާނީ ފެހިކުލާގަ.
  4. ފަތްކެޔޮ ނިރުތައް އެންމެ އަވަސްވެގެންވެސް މުޑުވަށްކޮށްފައިހުރި ބިމުން ނަގަންވާނީ ގަސްބެހުމަށް ހަމަޖެހިފައިވާ ދުވަހުގެ އެއްދުވަސް ކުރިން.
  5. 2.    ގަސް އުފައްދަން އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތައް
  6. 3.    ގަސް އުފައްދާ ފަރާތުން ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
  • ގަސް އުފެއްދުމުގެ މަސައްކަތްކުރެވޭވަރުގެ އެކަށީގެންވާ ވަރުގެ ބިމެއް (ގޯތިތެރެއިން ނުވަތަ ދަނޑުބިމުން) ލިބިފައިވާ ފަރާތެއް ކަމުގައިވުން
  • ·         ރަށުގެ ހުރިހާ ގޭބިސީތަކުގަޔާއި، ރަށުގެ އެހެނިހެން ދިމަދިމާލުގައި އަލަ (އަކަފޫޓޫން)، ފަތްކެޔޮ (ފީނީގެ އަދަދު)، ބަނބުކެޔޮ (ގަހުގެ އަދަދު)، މުރަނގަ (ގަހުގެ އަދަދު)، ދަނޑިއަލުވި (ގަހުގެ އަދަދު)، ރަށުގައިހުރި މޭވާ އަޅާ ބާވަތްތައް (ކޮންމެ ބާވަތެއް ގަހުގެ އަދަދު ވަކިން) މިހާރު ހުރި އަދަދުގެ ސާވޭއެއްކުރުން އަދި ޕްރޮޖެކްޓް ލިބޭތާ 3 މަސްދުވަސްތެރޭގައި ސާވޭއިން އެއްކުރެވުނު މައުލޫމާތު މިނިސްޓްރީއަށް ރިޕޯޓްކުރުން.
  • ·         މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ވަށަފަރުގައި ގަސް އުފެއްދުމަށް ކަނޑައަޅާފައިވާ އަދަދަށް އަދި ޓެކްނިކަލް ސްޓޭންޑެޑަށް ދެ ފަރާތުން އެއްބަސްވެވޭ މުއްދަތެއްގެ ތެރޭގައި އަމިއްލަ ތަކެތީގައި ގަސް އުފައްދާ ތައްޔާރުކޮށް މިނިސްޓްރީއިން އަށް އެންގުން.
  • ·         ގަސްތައް މުޑުވައްކުރުމަށްފަހު ގަސްތައްހެދެމުންދާގޮތް މިނިސްޓްރީއަށް މަހަކު 1 ފަހަރު ފޮޓޯއިން ހިއްސާކުރުން.
  • ·         މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކަނޑައަޅާ ތާރީޚެއްގައި ވަށަފަރު ކައުންސިލާއި، މިނިސްޓްރީއާއި ކޯޑިނޭޓްކޮށްގެން ގަސްބެހުމުގެ ކަންތައްތަކުގައި އަމަލީގޮތުން އެހީތެރިވެދިނުން.
  • ·         މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ގަސްބެހުމާއިއެކުއެކީ ގަސްއިންދާ ހެއްދުމާއިބެހޭ ގޮތުން ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ތަމްރީން ޕްރޮގްރާމްގައި އެހީތެރިވެދިނުން.
  • ރަށުގެ ރައްޔިތުންނަށް ބެހޭ ގަސްތައް އިންދިތޯ ގޭގެއަށް ގޮސް ކަށަވަރުކުރުމާއި، ނުއިންދާ ފަރާތްތަށް މިގަސްތައް އިންދުމަށް  މީހުން ހޭލުންތެރިކުރުވުމާއި، އަދި 1 އަހަރު ދުވަސްވަންދެން ގަސްތައް ހަވާލުކުރާ ތާރީޚުން ފެށިގެން ކޮންމެ 06 މަހަކުން މިނިސްޓްރީއަށް ރަށު ކައުންސިލް މެދުވެރިކޮށް ލިޔުމުންނާއި، ފޮޓޯ މެދުވެރިކޮށް ރިޕޯޓްކުރުން
  1. 4.    އަންދާސީ ހިސާބު ހުށަހަޅަންވީ ގޮތް
  • ކޮންމެ ބާވަތެއްގެ ގަސް އުފައްދާދޭނެ އަގު ވަކިން ހުށަހެޅުން އަދި ޖުމްލަ އަގު ހުށަހެޅުން
  • މަސައްކަތާއި ޙަވާލުވާ ތާރީޚުން ފެށިގެން ގަސް އުފައްދާ ނިންމާ ރައްޔިތުންނަށް ބެހުމަށްޓަކައި ރަށުގެ ކައުންސިލާއި ޙަވާލު ކުރާނެ މުއްދަތު. (އެކި ބާވަތްތަކުގެ ގަސްތައް އުފެއްދުމަށް ނަގާ މުއްދަތު ތަފާތު ވިޔަސް ހުރިހާ ގަސްތަކެއް ތައްޔާރުކޮށް ހަވާލުކުރަންވާނީ އެއް ތާރީޚެއްގައެވެ.)
  1. 5.    އަންދާސީ ހިސާބާއި އެކީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
  • ކޯޕެރޭޓިވް ސޮސައިޓީ، ކްލަބް ޖަމްއިއްޔާ ޖަމާތަކުންނަމަ ރެޖިސްޓްރޭޝަންކޮޕީ އަދި ހިންގާ ޤަވާއިދާއި އަސާސީ ޤަވާއިދުގެ ކޮޕީ
  • ކުންފުންޏެއްނަމަ ރެޖިސްޓްރޭޝަން ކޮޕީއާއިއެކީ، ހިންގާ ޤަވާއިދާއި އަސާސީ ޤަވާއިދުގެ ކޮޕީ އަދި ބޯޑް ރިސޮލިއުޝަން
  • އަމިއްލަ ފަރުދެއްނަމަ އައި.ޑީ ކާޑް ކޮޕީ
  • އަންދާސީ ހިސާބު ހުށަހަޅާފަރާތުގެ ނަމުގައި ރަޖިސްޓްރީވެފައި އޮންނަ ހުސްބިންއޮތް ގޯއްޗެއްނަމަ ގޯތީގެ ރަޖިސްޓްރީގެ ކޮޕީއެއް ނުވަތަ މިމަސައްކަތައް ބޭނުންކުރާނީ އެހެންމީހެއްގެ ގޯއްޗެއްނަމަ، ގޯތީގެ ރަޖިސްޓްރީގެ ކޮޕީއާއި އެއްކޮށް އެގޯތީގެ ވެރިފަރާތުން މިމަސައްކަތްކުރުމަށް ހުއްދަދީފައިވާކަމުގެ ލިޔުމެއް (ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީއާއިއެކީ)
  • ދަނޑުބިމެއްނަމަ، ރަށު ކައުންސިލުން ބިން ދޫކޮށްފައިވާ ކަމުގެ ލިޔުމެއް (ދަނޑުގެ ބޮޑުމިނާއި، ދޫކުރިފަރާތް އަދި ދޫކުރި މުއްދަތު އިނގޭނެފަދަ ލިޔުމެއް) ނުވަތަ މިމަސައްކަތްކުރުމަށް ބޭނުންކުރާނީ އެހެން މީހެއްގެ ބިމެއްނަމަ، ބިން ދޫކޮށްފައިވާކަމުގެ ލިޔުމާއިއެކީ، ބިން ނަގާފައިވާ ފަރާތުން މިމަސައްކަތްކުރުމަށް ހުއްދަދީފައިވާކަމުގެ ލިޔުމެއް ވެރިފަރާތުގެ އައި.ޑީ ކާޑް ކޮޕީއާއިއެކީ)
  • ގަސްއުފެއްދުމުގެ މަސައްކަތްކުރުމަށް ކަނޑައަޅާގޯތީގައި ނުވަތަ ދަނޑުބިމުގައި މިފަދަ މަސައްކަތެއްކުރުމަށް ހުސް ޖާގަލިބޭމިންވަރު އަންގާދޭ ލިޔުމެއް (ކައުންސިލުން ދީފައިވާ)
  • މަސައްކަތުގެ ތަޖުރިބާ ހުރިނަމަ އެކަމުގެ ލިޔެކިޔުންތައް (ދަނޑުވެރިކަމާއި ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓް، ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުން ގެންދާނަމަ އެމަސައްކަތެއްގެ ތަފްޞީލާއި (ހައްދާ ބާވަތް، ދަނޑު ބިމުގެ ބޮޑުމިން) މަސައްކަތުގައި ހޭދަވީ މުއްދަތު އެނގޭނެހެން ރަށުގެ ކައުންސިލުން ދީފައިވާ ލިޔުން
  1. 6.    ގަސްއުފައްދާދޭނެ ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް
  • އަގު %70
  • މުއްދަތު
  • ފަންނީ ތަޖުރިބާ

9. އަންދާސީ ހިސާބު ބާތިލުކުރުން

  • މިކަމަށް މަދުވެގެން 3 ފަރާތުން އަންދާސީ ހިސާބު ހުށަނާޅަނަމަ، އަންދާސީ ހިސާބުތައް ބާތިލްކޮށް 2 ވަނަ ފަހަރަށް އިޢުލާން ކުރެވޭނެއެވެ. އަދި 2 ވަނަ ފަހަރު އިޢުލާން ކުރުމުންވެސް 3 ފަރާތަކުން އަގު ހުށަހަޅާފައިނުވާނަމަ، މާލިއްޔަތު ގަވާއިދުގެ 8.32 ގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް  މިމަސައްކަތް ހަވާލު ކުރެވިދާނެއެވެ.
  • އަންދާސީ ހިސާބު ހުށަހެޅުމަށްފަހު އަންދާސީ ހިސާބުގެ އަގަށް ބަދަލެއް ނުގެނެވޭނެއެވެ.
  • އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމަށްފަހު ހޮވުނު އަންދާސީ ހިސާބެއް ހުށަހެޅިފަރާތަށް މަސައްކަތަށް ހޮވުނުކަން  ލިޔުމަކުން އެންގޭނެއެވެ.
  • މަސައްކަތަކަށް ހޮވުނު ފަރާތަށް، މަސައްކަތަށް ހޮވުނުކަން  ލިޔުމަކުން އެންގުމުގެ ފަހުން އެފަރާތުން މަސައްކަތަކުން ވަކިވެއްޖެނަމަ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ކުރުވާ އެއްވެސް މަސައްކަތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު 1 އަހަރު ދުވަސް ވަންދެން އެފަރާތަކަށް ނުލިބޭނެއެވެ. 
  • އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތަށް ނުހޮވޭ ފަރާތްތަކުން އެފަރާތްތަކަށް ޕޮއިންޓް ލިބުނުވަރު ބަލަން ބޭނުންނަމަ، އަންދާސީ ހިސާބު ހުށަހެޅި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިމިނިސްޓްރީއަށް ލިޔުމަކުން ހުށަހެޅުމުން ޕޮއިންޓް ލިބުނުވަރު އަންގައިދެވޭނެއެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފިޝަރީޒް މިނިސްޓްރީންނަމަ 3339261 ނަންބަރު ފޯނާއި އަދި ހއ. ވަށަފަރުންނަމަ 7781857 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. 

20 މާރިޗު 2017
ހޯދާ