މާލެއަތޮޅު ގާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ބިމެއް ކުއްޔަށް ދިނުމާށބެހޭ

މާލެ އަތޮޅު ގާފަރު ކައުންސިލްގެ އިދާރާ

    ކ. ގާފަރު،                                                                 ނަމްބަރު: (IUL)331/331/2017/13

       ދިވެހިރާއްޖެ

 

 

އިޢުލާން

 

ގާއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި ބިމެއް ކުއްޔަށް ދިނުމާބެހޭ

 

           ގާއެޅުމުގެ މަސައްކަތް ކުރުމަށްޓަކައި މިރަށު ފުޓްބޯޅަ ދަނޑުގެ ދެކުނު ފަރާތުން 1800 އަކަފޫޓުގެ ބިމެއް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައި ވެއެވެ.  

            ވީމާ، މިބިން 10 އަހަރު ދުވަހަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަތަކުން " ކުލީބިމަށް އެދޭފޯރމް " މިއިދާރާއިން ބައްލަވައިގަތުމަށްފަހު، 29 މާރޗް 2017 ވާ ބުދަ ދުވަހުގެ  11:00 އަށް ބީލަންފޯމް  ހުށަހެޅުއްވުން އެދެމެވެ. " ކުލީބިމަށް އެދޭފޯރމް " ދޫކުރުމަށް ހަމަޖެހިފައިވަނީ، 20 މާރޗް 2017 ވާ ހޯމަ ދުވަހުން ފެށިގެން 28 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 09:00 އިން 12:00 އާއި ހަމައަށެވެ.

            ފޯރމް ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެފަހުން ގެންނަ ފޯރމްތައް ބަލައި ގަނެވެން ނޯންނާނެކަން މިފުރުޞަތުގައި ދަންނަވަމެވެ. ބީލަންފޯރމް ހުށަހަޅަންވާނީ ހުށަހަޅުއްވާފަރާތުގެ ނަމާއި، އެޑްރެސް ލިޔެވި ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބިމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6641941 ނަންބަރު ފޯނާއެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

19 މާރިޗު 2017
ހޯދާ