ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުން

މި އިދާރާއިން ދޫކުރާ އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިޙާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

- ބޭނުންވާ އަދަދު: 01 (އަންހެން)

- ޝަރުޠު

  • ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން. އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހެއްކަމުގައި ނުވުން.
  • ފުރިހަމަ ކޮށްފައިވާ ކުށުގެ ރެކޯޑު ފޯމު.
  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުން.
  • މިއިދާރާގައި ވަޒީފާއަދާކުރާ މުވައްޒަފެއްކަމުގައި ނުވުން.
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.
  • އެއްގަމުލައިސަންސް A1 A ކެޓަގަރީ ލައިސަންސް އޮތުން.

- އުޖޫރަ: ޓެސްޓް ކުރާ ކޮންމެ އެއްގަމު ލައިސަންސް A A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ         

ވީމާ، އެގްޒަމިނަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 މާރިޗް 30 ވަނަދުވަހުގެ 14:00 ގެ ކުރިން ވަނަވަރާއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

19 މާރިޗު 2017
ހޯދާ