މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސް

މި އިޢުލާންވަނީ 28 މާރިޗު 2017 09:24 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމު:

ހެޑް އޮފް އެކައުންޓްސް އެންޑް ފައިނޭންސް

ބޭނުންވާ އަދަދު:

01 (އެކެއް)

މުސާރަ:

-/10,000 ރުފިޔާ 

އެލެވަންސް

ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް -/135 ރުފިޔާ

ސަރވިސް އެލަވަންސް: ދުވާލަކަށް -/116 ރުފިޔާގެ ރޭޓުން

ފޯން އެލަވަންސް: -/300 ރުފިޔާ

ސެޓިފިކެޓް އެލަވަންސް: އަސާސީ މުސާރައިގެ %40  

ފެންވަރު ނުވަތަ ޝަރުތު:

  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލު ކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ މެމްބަރޝިޕް ޙާސިލް ކޮށްފައިވުން.
  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާސިލު ކޮށްފައިވުން ނުވަތަ އޭ.ސީ.ސީ.އޭ އެފިލިއޭޓް ލެވެލް ޙާސިލް ކޮށްފައި ވުމާއެކު އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާގައި 05 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • ދިވެހި އަދި އިނގިރޭސި ބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  • ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން. ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  • ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

 މަޤާމުގެ މަސްޢޫލިއްޔަތު:

  • ކޯޕަރޭޝަނުން ދުވަހުން ދުވަހަށް ކުރެވޭ މާލީ މުޢާމަލާތްތަކުގެ ރެކޯޑުތައް، ކޯޕަރޭޝަންގެ ޤަވާއިދާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތީން އަދި މާލިއްޔަތު ޤާނޫނުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތީން ބެލެހެއްޓުން.
  • ބޭންކުތަކުން ކޯޕަރޭޝަންގެ އެކައުންޓް ސްޓޭޓްމަންޓްތައް މަހުން މަހަށް ހޯދައި، ސްޓޭޓްމަންޓްތަކާ އެއްގޮތަށް ކޯޕަރޭޝަންގެ އެކައުންޓުތަކުގެ ހިސާބުތައް ރީކޮންސައިލް ކުރުން.
  • ބަޖެޓުން ކުރެވޭ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، މަހުން މަހަށް ހަދަން ޖެހޭ ރިޕޯޓުތައް ހެދުމާއި، ބޭނުންވެއްޖެ އެހެން ޙާލަތްތަކުގައި ބަޖެޓު ބާކީގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް އެރުވުން.
  • މަހުން މަހަށް އަދި ކޮންމެ ތިން މަހުން އެއްމަހު ނިންމަންޖެހޭ މާލީ ރިޕޯޓުތައް ނިންމައި ކަމާބެހޭ ފަރާތްތަކަށް ޙިއްޞާކުރުން.
  • ކޯޕަރޭޝަނުން ތައްޔާރު ކުރެވޭ އެހެނިހެން ރިޕޯޓުތަކަށް ފައިސާއާ ބެހޭގޮތުން ބޭނުންވާ މަޢުލޫމާތު ބޭނުންވެއްޖެ ޙާލަތްތަކުގައި، އެކަށޭނެ ވަގުތުގައި ޙިއްޞާކުރުން.
  • ކޯޕަރޭޝަނުން ކުރާ ޙައްޖު ޢުމްރާ ދަތުރުތަކުގެ ހިސާބުތައް ވަކިން އެނގޭނެ ފަދަ ގޮތަކަށް، ޙައްޖު ނުވަތަ ޢުމްރާ ދަތުރު ނިމޭތާ 02 ހަފުތާގެ ތެރޭގައި ތައްޔާރުކޮށް، ކޯޕަރޭޝަންގެ ސީނިއަރ މެނޭޖްމަންޓަށް ހުށަހެޅުން.
  • ކޯޕަރޭޝަންގެ ފަރާތުން އިންވެސްޓް ކުރެވިދާނެ ދާއިރާތަކަކީ ކޮބައިތޯ ބަލައި އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކޮށް އަދި އިންވެސްޓްމަންޓް އެސެސްމަންޓް ތައްޔާރުކޮށް ބޯޑަށް ހުށަހެޅުން.
  • މަހުން މަހަށް ނިންމަންޖެހޭ މާލީ ހިސާބުތައް ނިންމައި ރިޕޯޓު ތައްޔާރުކޮށް ޙިއްޞާކުރަންޖެހޭ ފަރާތްތަކާއި ޙިއްޞާކުރުން.

މަސައްކަތުގެ ވަގުތު:

 މި ކޯޕަރޭޝަންގެ ރަސްމީ މަސައްކަތު ގަޑި (ހެނދުނު 08:00 އިން ހަވީރު 15:00 އަށް)

 (ހަމަޖެހޭ ގޮތެއްގެ މަތީން އިތުރު ގަޑީގައި ވެސް މަސައްކަތް ކުރަން ޖެހިއްޖެ ނަމަ މަސައްކަތް ކުރާ  ގޮތަށް)

ހުށައަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދި ހުށައަޅާ ފޯމް (މި ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓް www.mhcl.mv އިން މި ފޯމު ލިބިވަޑައިގަންނަވާނެއެވެ.)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުން.

ސުން ގަޑި:

ވަޒީފާއަށް އެދި ހުށަހަޅުއްވާ އެޕްލިކޭޝަން ފޯމު 28 މާރިޗް 2017 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށައެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު:

މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށް އެކަންޏެވެ.

މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި މި މަޤާމަށް ޝޯޓްލިސްޓްވާ ފަރާތްތަކަށް އެންގޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

19 މާރިޗު 2017
ހޯދާ