ނޫރާނީ ސްކޫލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގުރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ނޫރާނީ ސްކޫލް

ޔުނިޓް:

އިދާރީ ސެކްޝަން

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުން ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-        ދުވަހުގެ ޔައުމިއްޔާއާއި، ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.

2- އެކި ގޮތްގޮތުން ސްކޫލަށް ލިބޭ ސިޓީ، މެސެޖުގެ އެންޓުރީ ބެލެހެއްޓުމާއި، ސެކްޝަންތަކާ ހަވާލުކުރުމާއި،  ފޮނުވަންޖެހޭ ސިޓީ، މެސެޖް ފޮނުވުމާބެހޭ ކަންތައްތައް ކުރުން.

3- އޮފީހުގެ އިދާރީ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

4- ސްޓޮކް ބެލެހެއްޓުން

5- އިދާރީގޮތުން އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުން.

6- މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި، ރިޕޯޓް ތައްޔާރުކުރުން.

7- މުއައްޒަފުންގެ އިތުރުގަޑިގެ ހާޒިރީ ބެލެހެއްޓުމާއި ކޮންމެ މީލާދީ މަހެއްގެ 17 ވަނަ ދުވަހު އިތުރުގަޑިގެ ހިސާބުތަށް ނިންމުން

8- ސްކޫލުގެ ފަރާތުންނާއި އެކިއެކި ފަރާތްތަކުން ސްކޫލްގައި ބާއްވާ ޖަލްސާ، ވަރކްޝޮޕް އަދި ސެމިނާރ ފަދަ ކަންތަށް ތަކުގައި އެހީވުން.

9- މީގެ އިތުރުންވެސް ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތުން ސްކޫލުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

1 ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.

2 ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3 މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

އިންޓަވިއުއާއި އޮންނާނެ ތާރީޚާއި ތަން

* މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 2017 މާރިޗު މަހުގެ 30 ވާ ބުރާސްފަތިދުވަހު ނޫރާނީ ސްކޫލްގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް ފޯނުން ގަޑި އެންގޭނެއެވެ.

ނޯޓް: އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2017 މާރޗް 28 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން، ވަޒީފާއަށްއެދި ހުށަހަޅާ ފޯމާއިއެކު ހުށަހަޅަންޖެހޭ އެންމެހައި ލިޔުންތައް، ނޫރަނީ ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (ސެޓްފިކެޓްތަކުގެ އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދަރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ ފަދަ ކޮޕީ (އަޞްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ.)
  5. ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6885917 ނަންބަރު ފޯނަށެވެ.

19 މާރިޗު 2017
ހޯދާ