މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޒޯން 1 ގެ 15 ރަށަކަށް ކޮމްޕޯސްޓިނގް އިކުއިޕްމަންޓް ފޯރު ކޮށްދޭނެ ފަރާތެއް (ހއ، ހދ، ށ އަތޮޅު) ހޯދުމާއި ޒޯން 6 އަދި 7ގެ 10 ރަށަކަށް ވޭސްޓް މެނޭޖްމަންޓް އިކުއިޕްމަންޓް ފޯރު ކޮށްދޭނެ ފަރާތެއް (ގއ، ގދ އަތޮޅު) ހޯދުމާއި ބެހޭ

1. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބޭނުމަށް ތިރީގައިވާ ތާވަލުގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:IUL)13-K1/13/2017/12) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މިމަސައްކަތަށް ޝަރުޠުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2.

ޕްރޮޖެކްޓްގެ ނަން

ޕްރޮޖެކްޓް ނަންބަރު

ރަޖިސްޓްރޭޝަން ފީ

ބިޑް ސެކިޔުރިޓީ އަދަދު

ޒޯން 1 ގެ 15 ރަށަކަށް ކޮމްޕޯސްޓިނގް އިކުއިޕްމެންޓް ފޯރު ކޮށްދޭނެ ފަރާތެއް (ހއ، ހދ، ށ އަތޮޅު)

TES/2017/G-03-R01

-/500ރ

-/30,000ރ

ޒޯން 6 އަދި 7ގެ 10 ރަށަކަށް ވޭސްޓް މެނޭޖްމެންޓް އިކުއިޕްމެންޓް ފޯރު ކޮށްދޭނެ ފަރާތެއް (ގއ، ގދ އަތޮޅު)

TES/2017/G-04-R01

-/1500ރ

-/75,000ރ

3. ބީލަމެއްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މަތީގައިވާ ތާވަލުގައި ދަންނަވާފައިވާ އަދަދަށް ނޮން-ރިފަންޑަބަލް ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 19 މާރިޗު 2017 އިން 30 މާރިޗު 2017 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:00 އަށް މިމިނިސްޓްރީ އިންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯރމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ ޢަދަދަށް ކޮންމެ މަސައްކަތަކަށް ވަކިންހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

5. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީ-މެއިލް ކުރައްވާނީ 2އެޕްރީލް2017 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

6. ބީލަން ހުޅުވުން އޮންނާނީ 2017 އެޕްރީލް12ވާ ބުދަ ދުވަހުގެ 11:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިނގްގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

7. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

  ނެޝަނަލް ޓެންޑަރ އެންޑް ޕްރޮޖެކްޓް މޮނިޓަރިނގް،

  މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

  އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

  ފޯން : 3349102،  3349106

  އީ-މެއިލް: [email protected]

  ކޮޕީ : [email protected]

16 މާރިޗު 2017
ހޯދާ