އިޢުލާން
ވަޒީފާގެ ފުރުޞަތު:
ތިރީގައިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: އޮފީސް އެސިސްޓެންޓް
ޢަދަދު: 3
އަސާސީ މުސާރަ: -/3240 ރުފިޔާ
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް (3 މަސް ދުވަސް)
މަސައްކަތް ކުރަންޖެހޭތަން: ހޯމް އިމްޕްރޫވްމަންޓް
އެހެނިހެން ޢިނާޔަތްތައް:
- އިތުރު އެލަވަންސް: މަހަކު -/1500 ރުފިޔާއާއި -/2000 ރުފިޔާއާ ދެމެދުގެ އަދަދެއް ހަމަޖައްސައި ދެވޭނެއެވެ.
- އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.
- ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު
- ފިހާރައިގެ އެތެރެއާއި ބޭރު ސާފުކުރުން
- ޑެލިވަރީ ކުރުމުގައި އެހީތެރިވުން
- ފިހާރައިގެ އެހެން މުވައްޒަފުންނަށް އެހީތެރިވުން
ޝަރުތު:
- އަސާސީތައުލީމީ ފެންވަރު ހުރުމާއި އަދި އިގިރޭސި ބަހާއި ދިވެހި ބަސް ލިޔަން ކިޔަން އެނގުން.
- ގިނަ ވަގުތު މަސައްކަތުގައި އުޅެވުމާއި ޝިޕްޓް ޑިއުޓީ އަދާ ކުރެވޭނެ މީހެއް ކަމުގައިވުން
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 މާރިޗު 22 ވާ ބުދަ ދުވަހުގެެ 12:30 ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
އެޕްލިކޭޝަން ފޯމު އެސްޓީއޯ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ވެބްސައިޓުންވެސް ލިބިވަޑައިގަންނަވާނެއެވެ.
ނޯޓް:
- އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި މަސައްކަތު ތަޖުރިބާއާއި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކުސްލިބޭ ފަރާތެކެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344264 ވެބްސައިޓް: www.sto.mv އީމެއިލް: [email protected]
15 މާރިޗު 2017
|