ދިވެހިރާއްޖެ
މަޤާމް: |
އެރޯޑްރޯމްސް އިންސްޕެކްޓަރ |
ބޭނުންވާ އަދަދު: |
01 |
ސެކްޝަން: |
އެއަރ ނެވިގޭޝަން އެންޑް އެރޮޑްރޯމްސް |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ |
މުސާރަ އާއި އެލަވަންސް: |
އިންޑަސްޓްރިއާ އަޅާކިޔޭވަރުގެ މުސާރަ އާއި އެލަލްވަންސް ދެވޭނެއެވެ. |
||
ވަޒީފާ އަދާކުރަންޖެހޭތަން: |
މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، ކ.މާލެ |
||
ފެންވަރު ނުވަތަ ޝަރުތު: |
1- އެރޮޑްރޯމް ޑިޒައިން/އިންޖިނީއަރިންގ ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން ބެޗެލާސް ޑިގްރީ ޙާޞިލު ކޮށްފައިވުމާއެކު މަދުވެގެން 5 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން ނުވަތަ އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 2- އެރޮޑްރޯމް ޑިޒައިން/އިންޖިނީއަރިންގ ނުވަތަ އެރޮޑްރޯމްއާ ގުޅޭ ދާއިރާ އަކުން ޑިޕްލޮމާ ޙާޞިލު ކޮށްފައިވުމާއެކު މަދުވެގެން 7 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން ނުވަތަ އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 3- އެރޮޑްރޯމްގެ ދާއިރާއިން ޕްރޮފެޝަނަލް ކޮލިފިކޭޝަންއެއް ޙާޞިލުކޮށްފައިވުމާއެކު މަސައްކަތަށް ބޭނުންވާ އައިކާއޯ މެންޑޭޓަރީ ޓްރެއިނިންގތައް (އެއަރ ޓްރެފިކް ކޮންޓްރޯލް، ސޭފްޓީ، ފަޔަރ ، ރޭމްޕް ނުވަތަ އެނެކްސް 14 ޓްރެއިނިންގް) ހާސިލްކޮށްފައިވުން އަދި އޯލެވަލް އިނގިރޭސި އަދި ހިސާބުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެސް އެސް ސީ އިމްތިޙާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވާތަ އެއާ އެއްވަރުގެ ފާސްތަކެއް ލިބިފައިވުމާއެކު މަދުވެގެން 10 އަހަރު ދުވަހު ފީލްޑްގައި މަސައްކަތްކޮށް އަމަލީ ތަޖުރިބާ މަސައްކަތުގެ ދާއިރާއިން ލިބިފައިވުން ނުވަތަ އެސިސްޓެންޓް އޭރޯޑްރޯމް އިންސްޕެކްޓަރެއްގެ ގޮތުގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
||
މަޤާމުގެ މަސްޢޫލިއްޔަތު: |
1- ސިވިލް އޭވިއޭޝަންގެ ޤާނޫނާއި ސިވިލް އޭވިއޭޝަންގެ ޤަވާއިދުތަކާއި އެސް އޯ ޕީ ތަކުގައިވާ ގޮތުގެ މަތީން އޭރޯޑްރޯމްސް އިންސްޕެކްޓަރގެ މަސްޢޫލިއްޔަތުތަކާއި ޒިންމާތައް އަދާ ކުރަމުން ގެންދިއުން 2- ICAO އެނެކްސް 14 ގެ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީން ރާއްޖޭގެ ވައިގެ ބަނދަރުތައް ސެޓިފައިކޮށް ސްޓޭންޑަރޑްސް ބެލެހެއްޓުމަށް ކުރެވޭ މަސައްކަތުގައި ސީނިއަރ އޭރޯޑްރޯމްސް އޮފިސަަރަށް އެހީތެރިވުން 3- ވައިގެ ބަނދަރުތަކުގެ ޚިދުމަތްތައް ސިވިލް އޭވިއޭޝަން ރެގިއުލޭޝަންސްގައި ކަނޑައެޅިފައިވާ މިންގަނޑުތަކަށް ހުރިތޯބަލާ ޗެކްކުރުން 4- ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ކަޑައެޅިފައިވާ ގޮތަށް ޤަވާއިދުން ކުރުމުގައި ސީނިއަރ އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން 5- ވައިގެ ބަނދަރުތައް އޮޑިޓް ތަކާއި އިންސްޕެކްޝަންތައް ހެދުމަށްފަހު ރިޕޯރޓްތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އެފަރާތްތަކާއި ހަވާލުކުރުން 6- އޮޑިޓް/އިންސްޕެކްޝަންސްގެ ފޮލޯއަޕް ކަޑައެޅިފައިވަ ތާރީޚްތަކަށް ހެދުން 7- ފްލޯޓިންގ ޕްލެޓްފޯމް ތަކަށް ލައިސަންސް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައްކޮށް އެތަންތަނުގެ ސަލާމަތީ ފެންވަރު ބެލެހެއްޓުމުގެ ގޮތުން އިންސްޕެކްޓް ކުރުން. 8- ވައިގެ ބަނދަރުތައް ހިންގާ ފަރާތްތަކުން ޢަމަލުކުރާ 'ސޭފްޓީ މެނޭޖްމަންޓް ސިސްޓަމްސް' ދިރާސާކޮށް ބެލެހެއްޓުމުގައި . ސީނިއަރ އޭރޯޑްރޯމްސް އޮފިސަރަށް އެހީތެރިވުން 9- ވައިގެ ބަދަރުތަކުގައި ދިމާވާ ހާދިސާތައް ބަލާ ތަހްގިގް ކުރުމުގައި އެހިީތެރިވުން 10- ޤަވާއިދުތަކާ 'ވަގުތީގޮތުން' އެއްކިބާވުމައްޓަކާ (އެގްޒެމްޕްޝަން ކޮންސެޝަން ފަދަ) އެދި ހުށަހަޅާހުށަހެޅުންތައް މުތާލިޔާކޮށް މިކަމުގައި ގޮތެއް ނިންްމުން އަދި އެރޮޑްރޯމްސް މަސައްކަތްތަކާ ގުޅިގެން ދޫކުރެވޭ ހުއްދަތަކާ، ލައިސަންސް، އެގްޒެމްޕްޝަން، އެޕްރޫވަލް، އޯޑިޓް ތަކާގުޅޭ އެންމެހާ ރެކޯޑްތަކާ ލިޔެކިއުންތަކުގެ ޑޭޓާބޭސް ބެލެެހެއްޓުމުގައި އެހީތެރިވުން 11- އަދި މިނޫން ވެސް އެރޮޑްރޯމްސް އާއި ގުޅޭދާއިރާއިން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް ކުރުން |
||
ވަޒީފާއަށް ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް: |
1- މަޤާމުގެ މަސައްކަތާގުޅޭ ގޮތުން ހާސިލްކޮށްފައިވާ ޕޮރޮފެޝަނަލް ޓްރެއިންންގް އާއި ތަޖްރީބާ |
||
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން |
1- 30 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 1500 ގެ ކުރިން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް |
||
ހުށަހަޅަންޖެހޭ ލިޔުން |
1- ވަޒީފާއަށް އެދޭ ފޯމް (އޮތޯރިޓީގެ ވެބްސައިޓުން (www.caa.gov.mv/forms.php) ލިބެން ހުންނާނެ) 2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ)ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ އަސްލު) |
||
އިންޓަރވިއު ކުރުން: |
އިންޓަރވިއު އަށް ހާޒިރުކުރެވޭނީ ފޯމު ހުށަހަޅުއްވާ އަދި ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް ކަމަށް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. |