ދިވެހިރާއްޖެ
ނަންބަރު: IUL)MMPRC-HR/1/2017/25)
އިޢުލާން
މި ކޯޕަރޭޝަނުގެ ފަރާތުން މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމު ރައްޔިތުންނަށް ފަސޭހަވާނެގޮތަށް، މި އަވަށްތަކުގެ މެޕް ކޮންމެ އަވަށެއްގައި ބެހެއްޓުމަށް ބޭނުންވެއެވެ. އަދި މީގެ އިތުރުން މާލޭގެ " ޕޮކެޓް މެޕް" އަދި ރާއްޖޭގެ މެޕް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. މިހެންކަމުން، މި ތިން އަވަށުގައި ބަހައްޓާނެ މެޕް ތައްޔާރުކޮށް ބެހެއްޓުމަށާއި، މާލޭގެ ޕޮކެޓް މެޕާއި ރާއްޖޭގެ މެޕް ތައްޔާރު ކޮށްދިނުމުގެ އެންމެހާ ކަންތައްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަމްބަރު (IUL)MMPRC/1/2017/4އިޢުލާނާއި ގުޅިގެން އެކަށީގެންވާވަރުގެ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 މާރިޗު 23ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ވެލާނާގެ 04 ވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މާރިޗު 30ވާ ބުރާސްފަތި ދުވަހުގެ 10:00އަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކޯޕަރޭޝަނުގެ 3323228 ނަންބަރު ފޯނާއެވެ.
16 ޖުމާދަލްއާޚިރު 1438 ހ.
15 މާރިޗު 2017 މ.