ދިވެހިރާއްޖެ
މި ސްކޫލްގެ ސައިންސް ލެބުގައި ކަބަޑުސެޓެއް ޖެހުމާއި ގުޅޭ
މިސްކޫލުންދޭ ސްޕެސިފިކޭޝަނާއި އެއްގޮތަށް، އަމިއްލަތަކެތީގައި މި ސްކޫލުގެ ސައިންސް ލެބުގައި ކަބަޑުސެޓެއް ޖަހައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން 12 މާރިޗު 2017 ގައި ކުރި އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ އެ އިޢުލާނު ބާތިލުކޮށް، އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މައުލޫމާތު ދިނުން އޮންނާނީ 21 މާރިޗު 2017 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި މި ސްކޫލުގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 28 މާރިޗު 2017 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި މި ސްކޫލުގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ހުށައެޅުމެއް ހޮވުމަށް ޕޮއިންޓް ދިނުމުގައި ތިރީގައި މިވާ ކަންތައްތަކަށް ބެލޭނެއެވެ.
- މަސައްކަތުގެ އަގު: 65 ޕޮއިންޓް.
- މަސައްކަތް ނިންމުމަށް ހުށައަޅާ މުއްދަތު: 25 ޕޮއިންޓް.
- މަސައްކަތުގެ ތަޖުރިބާ: 5 ޕޮއިންޓް.
- މިފަދަ މަސައްކަތެއް ކުރެވިދާނެ ކަމުގެ މާލީ ޤާބިލްކަމަށް: 5 ޕޮއިންޓް.
މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.