ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ފޮޓޯކޮޕީމެޝިން ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢްލާން

އަންދާސީ ހިސާބް ބޭނުންވެއްޖެ

            މިކުތުބުޚާނާގައި ބޭނުންކުރާ ތިރީގައިވާ  ފޮޓޯކޮޕީމެޝިން ތައް ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (07.03.2017) IUL)56-CAS/1/2017/08) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 

01 ފޮޓޯކޮޕީ މެޝިން  (Canon iR 2018N)

01 ފޮޓޯކޮޕީ މެޝިން (Canon iR-ADV C2220)

01 ފޮޓޯކޮޕީ މެޝިން (Canon 2002N)

            ވީމާ، މި ކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 މާރިޗު 21 ވާ އަންގާރަ ދުވަހުގެ  11:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މާރިޗު 23 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޤައުމީކުތުބުޚާނާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

            މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.

ޤައުމީކުތުބުޚާނާ (މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް)

މެދުޒިޔާރަތް މަގު، މާލެ (ސަލްޓަން ޕާރކް އިރުއުތުރު ކަންމަތި)    

05 ޖުމާދަލްއޫލާ 1438 

15 މާރިޗު 2017
ހޯދާ