ދިވެހިރާއްޖެ
މަޤާމް :ސީނިއަރ އައި.ޓީ އޮފިސަރ | |
---|---|
ބޭނުންވާ އަދަދު :1 | |
މަގާމު |
ސީނިއަރ އައި.ޓީ އޮފިސަރ |
މަގާމުގެ ނަންބަރު |
J-251887 |
ބޭނުންވާ ޢަދަދު |
1 (އެކެއް) |
މަގާމުގެ ގިންތި |
ދާއިމީ |
މަގާމުގެ ރޭންކް |
އެމް.އެސް -3 |
މަގާމުގެ ކްލެސިފިކޭޝަން |
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ސެކްޝަން |
އިންފޮމޭޝަން ސިސްޓަމްސް ޔުނިޓް |
އޮފީސް |
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ |
ވަޒީފާ އަދާކުރަންޖެހޭ ތަން |
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ |
މުސާރަ |
7,035.00 ރުފިޔާ |
ސަރވިސް އެލަވަންސް |
2,000.00 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. 4- އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35. |
މަގާމުގެ ޝަރުތުތައް. |
1. އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
1. އޮފީހުގެ ސަރވަރތައް ބެލެހެއްޓުން 2. އޮފީހުގެ ކޮމްޕިއުޓަރތަކާއި، އައި.ޓީ އާބެހޭ ތަކެއްޗަށް ކުރިމަތިވާ މައްސަލަތައް ކަމާބެހޭ ފަރާތުގެ އެހީތެރިކަމާއެކު ހައްލުކުރުން. 3. އޮފީހުގެ ވެބްސައިޓްގެ ފަރުމާއަށް ގެންނަންޖެހޭ ބަދަލުތައް ސްޕަވައިޒަރުގެ އިރުޝާދުގެ ދަށުން ގެނައުމާއި، އެކި މުނާސަބަތު ނުވަތަ ހަރަކާތްތަކާގުޅޭ ބައިތައް މިނިސްޓްރީން ބޭނުންވާގޮތަށް އިތުރުކުރުމާއި، ވެބްސައިޓްގެ ސެކިއުރިޓީ ބެލެހެއްޓުމާއި، ކޮންޓެންޓް އަޕްލޯޑްކުރުން. 4. އޮފީސް އޮޓޮމޭޝަނަށް ލަފާދީ އެފަދަ އިންތިޒާމުތައް ގާއިމުކުރަން ކުރެވެންހުރި މަސައްކަތް ކުރުން. 5. އޮފީހުގައި ބޭނުންކުރަން ތައްޔާރުކުރެވޭ ޚާއްޞަ ސޮފްޓްވެއަރތަކާއި ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި، އެފަދަ ޕްރޮގްރާމްތައް ބެލެހެއްޓުމާއި، ދިމާވާ މައްސަލަތައް ހައްލުކުރުން. 6. އޮފީހުގެ އީ-މެއިލް ސިސްޓަމް ބެލެހެއްޓުމާއި، އެކައުންޓް ކްރިއޭޓްކުރުމާގުޅޭ ރެކޯޑްތައް ބެލެހެއްޓުން. 7. އޮފީހުގެ ފޯން ސިސްޓަމް ބެލެހެއްޓުން. 8. ޖެމްސް ސިސްޓަމްގެ އެޑްމިނިސްޓްރޭޓަރ ރޯލް އަދާކުރުން 9. އޮފީހުގައި ކުރަންޖެހޭ މަސައްކަތްތަކާ ގުޅިގެން ބަލަހައްޓަންޖެހޭ ރެކޯޑްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން. 10. މީގެ އިތުރުން އޮފީހުގެ މަސައްކަތާގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން. |
|
|
ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
1- ތަޢުލީމާއި ތަމްރީނަށް(ލިބިފައިވާ އިތުރު ތަޢުލީމާއި ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީން) %40 2- އިމްތިހާން (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިހާން) %5 3- މަސައްކަތުގެ ތަޖްރިބާ (ވަޒީފާއާގުޅޭ ތަޖުރިބާ/އެހެނިހެން ތަޖްރިބާ) 4- ލިބިފައިވާ ހުނަރު (އިންޓަރވިއު/ޕްރެކްޓިކަލްސް) %38 |
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ:) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ، (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
|
މަގާމަށް އެދެންވީގޮތާއި ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯމް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ www.defence.gov.mv ވެބްސައިޓުން މި ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަގާމަށްއެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 މާރިޗު 27 ވާ ހޯމަ ދުވަހުގެ 12.00 ގެ ކުރިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: |
މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި ޕްރެޒެންޓޭޝަން އޮންނާނީ 2017 އޭޕްރީލް 2 އާއި 6 އާ ދެމެދު، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
ޝޯޓްލިސްޓް ކުރުން: |
މި ވަޒީފާއަށްއެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
މި މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ޖުމްލަ %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާން ވާނެއެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
މި އިއުލާނާގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނެ ފޯނު ނަންބަރަކީ 3313724، 3342967 އެވެ. ފެކްސް ނަންބަރަކީ، 3325525 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
15 ޖުމާދަލްއާޚިރާ 1438