ދިވެހިރާއްޖެ
ނަންބަރު:A)EA-2017/113)
އިޢުލާން
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017
އަދަދު ހަމަނުވުމުން ނުބަހައްޓާގޮތަށް ހަމަޖެއްސި ވޯޓުފޮށިތަކަށް ރަޖިސްޓަރީކުރިމީހުން އަލުން ރަޖިސްޓަރީކުރުން
ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ތަންތަނާއި އަދި އިންޑިޔާގެ ޓްރެވެންޑްރަމްގައި ވޯޓުލުމަށްޓަކައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓު ފޮށިތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ޢަދަދު ކަނޑައެޅިފައިވާ ޢަދަދަށްވުރެ މަދުވުމުން މި ވޯޓު ފޮށިތައް ނުބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން މި ފޮށިތަކުގައި ރަޖިސްޓަރީކޮށްފައިވާ މީހުން، މިހާރު ފޮށި ބެހެއްޓުމަށް އިޢުލާނު ކުރެވި، ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ ތަންތަނަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު 2017 މާރިޗު 16 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.
އަދަދު ހަމަނުވުމުން ނުބަހައްޓާގޮތަށް ހަމަޖެއްސި ވޯޓުފޮށިތަށް
ވޯޓުފޮށީގެ ނަންބަރު |
ވޯޓުފޮށީގެ ނަން |
ވޯޓުލާ ސަރަހައްދު |
V01.1.1 |
ތިލަފުށި -1 |
މި ފޮށްޓަށް ވޯޓުލާނީ ތިލަފުށީގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
V02.1.1 |
ހުޅުލެ-1 |
މި ފޮށްޓަށް ވޯޓުލާނީ އިބްރާހިމް ނާޞިރް އިންޓަރނޭޝަނަލް އެއަރޕޯޓްގައި މަސައްކަތް ކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
V03.1.1 |
ކޫއްޑޫ- 1 |
މި ފޮށްޓަށް ވޯޓުލާނީ ކޫއްޑޫގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
V04.1.1 |
ފެލިވަރު - 1 |
މި ފޮށްޓަށް ވޯޓުލާނީ ފެލިވަރުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
X06.1.1 |
ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރ |
މި ފޮށްޓަށް ވޯޓުލާނީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރ (ކ. ހިންމަފުށި) ގައި ތިބި ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ. |
W01.1.1 |
އިންޑިއާ / ޓްރިވެންޑްރަމް - 1 |
މި ފޮށްޓަށް ވޯޓުލާނީ އިންޑިޔާގައި ތިބި މާލެ ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
W01.1.2 |
އިންޑިއާ / ޓްރިވެންޑްރަމް - 2 |
މި ފޮށްޓަށް ވޯޓުލާނީ އިންޑިޔާގައި ތިބި އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ މި 9 އަތޮޅުންކުރެ އަތޮޅަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
W01.1.3 |
އިންޑިއާ / ޓްރިވެންޑްރަމް - 3 |
މި ފޮށްޓަށް ވޯޓުލާނީ އިންޑިޔާގައި ތިބި އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، މި 9 އަތޮޅުންކުރެ އަތޮޅަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z01.1.1 |
އައިލެންޑް ހައިޑް އަވޭ (ހއ. ދޮނަކުޅި) |
މި ފޮށްޓަށް ވޯޓުލާނީ އައިލެންޑް ހައިޑް އަވޭ ރިސޯޓުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z02.1.1 |
ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ (ބ. ހޮރުބަދު) |
މި ފޮށްޓަށް ވޯޓުލާނީ ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z06.1.1 |
ކޮކޯ ޕާމް ބޮޑުހިތި (ކ. ބޮޑުހިތި) |
މި ފޮށްޓަށް ވޯޓުލާނީ ކޮކޯ ޕާމް ބޮޑުހިތި ރިސޯޓުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z08.1.1 |
ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސް (ކ. ކަނޑޫމާފުށި) |
މި ފޮށްޓަށް ވޯޓުލާނީ ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z10.1.1 |
ގިލި ލަންކަންފުށި (ކ. ލަންކަންފުށި) |
މި ފޮށްޓަށް ވޯޓުލާނީ ގިލި ލަންކަންފުށީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z13.1.1 |
ކޮންސްޓެންސް ހަލަވެލި މޯލްޑިވްސް (އއ. ހަލަވެލި) |
މި ފޮށްޓަށް ވޯޓުލާނީ ކޮންސްޓެންސް ހަލަވެލި މޯލްޑިވްސް ރިސޯޓްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z16.1.1 |
ކުރެއްދޫ އައިލެންޑް ރިސޯޓް (ޅ. ކުރެއްދޫ ) |
މި ފޮށްޓަށް ވޯޓުލާނީ ކުރެއްދޫ އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z20.1.1 |
ހޮލިޑޭ އައިލެންޑް ރިސޯޓް ( އދ. ދިއްފުށި ) |
މި ފޮށްޓަށް ވޯޓުލާނީ ހޮލިޑޭ އައިލެންޑް ރިސޯޓްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z22.1.1 |
ޖޭ.އޭ މަނަފަރު ( ހއ. މަނަފަރު) |
މި ފޮށްޓަށް ވޯޓުލާނީ ޖޭ.އޭ މަނަފަރު ރިސޯޓްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.
|
Z23.1.1 |
އަމާރީ ހަވޮއްޑާ މޯލްޑިވްސް (ގދ. ހަވޮއްޑާ ) |
މި ފޮށްޓަށް ވޯޓުލާނީ އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z24.1.1 |
އަނަންތަރާ ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް (ކ. ދިގުފިނޮޅު) |
މި ފޮށްޓަށް ވޯޓުލާނީ އަނަންތަރާ ރިސޯޓް އެންޑް ސްޕާ މޯލްޑިވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z25.1.1 |
ޗެވަލް ބްލެންކް ރަންދެލި (ނ. ރަންދެލި) |
މި ފޮށްޓަށް ވޯޓުލާނީ ޗެވަލް ބްލެންކް ރަންދެލި ރިސޯޓްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z26.1.1 |
ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ (ކ. ފުރަނަފުށި) |
މި ފޮށްޓަށް ވޯޓުލާނީ ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Z27.1.1 |
ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ މޯލްޑީވްސް (ކ. އެނބުދޫ ފިނޮޅު) |
މި ފޮށްޓަށް ވޯޓުލާނީ ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ މޯލްޑީވްސްގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވެފައިވާ ތަން ބަދަލުކުރެވޭނީ، މި އިޢުލާނުގައިވާ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި، އަދި މާލޭ ސިޓީގައިނަމަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2017 ގެ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީން) ގައި ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 03:00 ގެ ނިޔަލަށެވެ.
ރާއްޖެއިންބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ޓްރިވެންޑްރަމްގެ ކޮންސިއުލޭޓް އޮފީހުންނާއި ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީއިން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށެވެ.
އަދި ދަންނަވަމެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލުނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
15 ޖުމާދަލްއާޙިރާ 1438