މަތިވެރި ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު (ދާއިމީ)

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމް:

މަސައްކަތު (ދާއިމީ)

ބޭނުންވާ ޢަދަދު:

1 (އެކެއް)

ރޭންކް:

އެސް.އެސް 1

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް

އއ. މަތިވެރި ސްކޫލް

މުސާރަ:

3,100.00 ރ

ސާރވިސް އެލަވަންސް:

1,000.00 ރ

މަޤާމުގެ ޝަރުތު

  1. ލިޔަންކަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ގާބިލްކަން ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ސްކޫލުގެ ގޯތިތެރެ ކުނިކެހުން. 
  2. ސްކޫލުގެ ޢިމާރާތްތައް ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ކުނިކަހާ ފޮޅާ ސާފުކުރުން.
  3. ކޮންމެ ދުވަހަކު ސްކޫލުގެ ވަށާފާރު ބޭރު ކުނިކަހާ ސާފުކުރުން.
  4. ސްކޫލުގެ ބެޑްތަކުގައި ހައްދާފައިވާ ވިނަތަކާއި، ގޯތިތެރޭގައި ހައްދާފައިވާ ގަސްތައް ކޮށާ ސާފުކޮށް ބެލެހެއްޓުން.
  5. ސްކޫލުގެ ޢިމާރާތްތަކުގެ ދޮރުތަކާއި، ދޮރުތަކުގެ ބިއްލޫރިއާއި، ކަތިފިލާތައް މަދުވެގެން މަހަކު އެއްފަހަރު ފެންފޮތިލާ ސާފުކުރުން.
  6. ތަޅުމުގައި ތަށިމުށި ޖަހާފައިވާ ޢިމާރާތްތަކުގެ ތަޅުމުގައި ކިޔެވުން އޮންނަ ކޮންމެ ދުވަހަކު އެއްފަހަރު ރީތިކޮށް މޮޕް އަޅައި ސާފުކުރުން.
  7. ސްކޫލުގެ ޢިމާރާތްތަކުގެ ފަންކާތައް މަދުވެގެން މަހަކު އެއްފަހަރު ފޮޅާ ސާފުކުރުން.
  8. ދަރިވަރުންގެ ފާޚާނާތައް ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ދޮވެ ސާފުކޮށް ބެލެހެއްޓުން.
  9. މަދުވެގެން ހަފުތާއަކު އެއްފަހަރު ދަރިވަރުންގެ ފާޚާނާތަކަށް ސާފުކުރުމަށް ބޭނުންކުރާ ކަމިކަލް ( ސާފު، ކްލީން ކްލީން ވިމް ފަދަ ތަކެތި ) އަޅައިގެން ސާފުކުރުން.

10. ބަންދު ދުވަސްތަކުގެ ޢަދަދު ވިދިވިދިގެން 2 ދުވަހަށްވުރެ ގިނަވެއްޖެ ނަމަ ސްކޫލުގެ ގޯތިތެރެ މާބޮޑަށް ހަޑި ނުވަނީސް ކުނިކަހާ ސާފުކުރުން.

11. ޢިމާރާތްތަކުގެ ދިޔަދޮވި ތަކާއި ބޯ ފެން ތާނގީތައް ސާފުކޮށް ބެލެހެއްޓުން.

12. ވަޅު ދިޔަހިއްކާ ސާފުކޮށް ބެލެހެއްޓުން.

13. އިމާރާތްތަކުގައި ކުރަންޖެހޭ ކުދިކުދި މަރާމާތު ( ހަޑިވާ ތަންތަނުގައި ކުލައާއި، ދަވާދުލުން ފަދަ ) ކުރުން.

14. ވަކި މީހަކާ ޙަވާލުކުރެވިފައިނުވާ މަސައްކަތުމީހުން ކުރާޒާތުގެ މަސައްކަތް ކުރުން.

15. ސިވިލް ސާވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙުތިރާމް ކުރުމާއެކު އެއާއި އެއްގޮތަށް ޢަމަލުކުރުން.

16. ރަސްމީ މަސައްކަތާއި ގުޅިގެން އަންގާ އެންމެހާ ކަންކަން ކުރުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދޭ ފޯމް މަތިވެރި ސްކޫލް އިދާރާއިން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށައަޅާ ތަކެތި ހުށައަޅާނީ 22 މާރިޗު 2017 ވާ ބުދަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން މަތިވެރި ސްކޫލުގެ އިދާރައަށެވެ.
  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އުޖޫރަ އާއި އިނާޔަތްތައް

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާއި ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުން:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ގިނަ ވަގުތު މަސައްކަތުގައި އުޅޭވޭ މީހަކަށްވުން
  • މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު
  • ޢުމުރުން 55 އަހަރު ނުވާ މީހަކަށްވުން
  • މަސައްކަތު ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް

އިންޓަވިއު ކުރުން

  • މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢްލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. ވަޑައިގެންނަވާއިރު ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

ނޯޓް:

  • މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މިއިޢްލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660816 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

 

މި އިޢުލާނާއި ގުޅިގެން މިސްކޫލުގެ ނަންބަރު IUL-A/GS152/2017/08 އިޢުލާން ބާތިލް ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

                        15 ޖުމާދަލްއާޚިރާ 1438

                        14 މާރިޗު 2017

14 މާރިޗު 2017
ހޯދާ