ދިވެހިރާއްޖެ
ފ. މަގޫދޫގެ ގިރާސަރަޙައްދުގައި ރަށް ޙިމާޔަތްކުރުމަށް ސިމެންތި ގޯނިން ތޮއްޓެއް ޖެހުމާއި ގުޅޭ
372-B2/2017/07:ނަމްބަރ
އިޢުލާން
ފ.މަގޫދޫގެ ގިރާސަރަހައްދުގައި ތޮށިޖެހުމަށް ބޭނުންވާ 14000 ސުތުލި ގޯނީގެ އަންދާސީ ހިސާބު ހޯދުމާ ގުޅޭ
ފ. މަގޫދޫގެ ގިރާސަރަހައްދުގައި ތޮށިޖެހުމަށް ބޭނުންވާ 14000 ސުތުލި ގޯނި ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމައް އެދިލައްވާ ފަރާތްތަކުން 2017 މާރިޗު 19 ވާ އާދިއްތަ ދުވަހުގެ 13:00އަށް މިކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 2017 މާރިޗު 26 ވާ އާދިއްތަ ދުވަހުގެ 13:00އަށް މިކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢްލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ފުރުޞަތެއް ނުދެވޭނެވެ. އަދި ގަޑިޖެހިގެން ހުށަހަޅާ އަންދާސީ ހިސާބުތައްވެސް ބަލައިނުގަނެވޭއެވެ. އަންދާސީ ހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި " ފ.މަގޫދޫގެ ގިރާސަރަހައްދުގައި ތޮށިޖެހުމަށް ބޭނުންވާ 14000 ސުތުލި ގޯނީގެ އަންދާސީ ހިސާބު ހޯދުމާ ގުޅޭ" މިހެން ލިޔެފައި އޮންނަން ވާނެއެވެ. އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ ބައްދަލުވުމުގައި ބައިވެރިވެ ލައްވާފަރާތްތަކުގެ ޙާޟިރުގައި ފ. މަގޫދޫ ކައުންސިލްގެ އިދާރާގައެވެ.
އަންދާސީ ހިސާބު ހުށައަޅުއްވާ ފަރާތުގެ ބަދަލުގައި ބޭފުޅަކު ވަޑައިގަންނަވާނަމަ ވެރިފަރާތުގެ ސިޓީއެއް ހުށައަޅަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެ ލައްވާ ފަރާތްތަކުން މިޢިދާރާގެ ނަމްބަރ 6740014 ފޯނާ ގުޅުއްވުން އެދެމެވެ.
10 ޖުމާދަލްއާޚިރު 1438
09 މާރިޗު 2017