އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުޖާލާ ގޯތީގެ ދެކުނު ފަރާތު މަގުމަތީގައި ހުރި ރުކަކާއި ގުޅޭ:

                                                                                    ނަންބަރު: A/IUL/344/2017/16

 

                                                        އިޢުލާން

 

        އުޖާލާ ގޯތީގެ ދެކުނު ފަރާތު މަގުމަތީގައި ހުރި ރުކަކާއި ގުޅޭ:

 

     އުޖާލާ ގޯތީގެ ދެކުނުފަރާތު މަގުމަތީ އުޖާލާ ގޯއްޗާއި ދިމާލުގައި އެއްވެސް ނަންބަރެއް ނުވަތަ ނަމެއް ޖަހާފައިނެތް ރުކެއްގެ ސަބަބުން އުޖާލާ ގެއަށް ގެއްލުންވަމުންދާކަމުގެ ޝަކުވާ މިކައުންސިލްގެ އިދާރާއަށް ލިބެމުން އެބަދެއެވެ.

       ވީމާ، އިސްވެ ދެންނެވުނު ރުކުގެ މިލްކުވެރި ފަރާތެއްވާނަމަ މިހިނގާ މާރޗް މަހުގެ 23 ވަނަ ދުވަހުގެ 13:00 ކުރިން ލިއުމަކުން އެކަން މިކައުންސިލްގެ އިދާރާއަށް އެންގެވުން އެދެމެވެ.

               

                               

                      14 ޖުމާދަލްއާޚިރު 1438

13 މާރިޗު 2017
ހޯދާ