މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއާޕޯޓުން ބަނދަރަށް ދިއުމަށްޓަކައި ތާރުއަޅައިގެން ހަދާފައިވާމަގު ދިއްލުމަށް ބޭނުންވާ ތަކެތި ގަންނަން ބޭނުންވެއްޖެ

ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓުން ބަނދަރަށް ދިއުމަށްޓަކައި ތާރުއަޅައިގެން ހަދާފައިވާމަގުދިއްލުމަށް ބޭނުންވާ ތަކެތި ގަނެގެން ބ. ދަރަވަންދޫއަށް ގެނެސްދެވޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: ((IUL)318-PRO/318/2017/11 (20 ފެބުރުވަރީ 2017) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައި ނުވާތީވެ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގައެވެ.

މަޢުލޫމާތު ދިނުން

2017 މާރިޗު 16 ބުރާސްފަތިދުވަހުގެ 11:00

އަންދާސީ ހިސާބު ހުށަހެޅުއްވުން

2017 މާރިޗް 22 ވާ ބުދަދުވަހުގެ 13:00

އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. އަދި އަގު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ.  އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.

13 މާރިޗު 2017
ހޯދާ