ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖުމަންޓް ސެންޓަރު ޢިމާރާތްކުރުމާބެހޭ

އިޢުލާން

މިކައުންސިލްގެ ފަރާތުން ދިވެހި ސަރުކާރުގެ އެހީގައި މިރަށުގައި އަލަށް ޤާއިމް ކުރަމުން ގެންދާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މިދަންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ބޭނުންވާ ހިލަ، ހިލަވެލި، ދިވެހިވެލި، ސިމެންތި، ދަގަނޑު، ތައްގަނޑު ހެދުމަށް ބޭނުންވާ ސާމާނު މިކައުންސިލުން ފޯރުކޮށް ދެވޭނެއެވެ.

01- 5000 ފުލްބުލޮކް ގައު އެޅުން.

02- 02 ފޫޓު އުސްމިނުގައި (ފައުންޑޭޝަން އެޅުމާއެކު) ވަށާފާރު ރޭނުން.

03- ކުނިކޮށީގައި ހަދަން ބޭނުންވާ ޢިމާރާތް ރާނައި ސިމެންތިޖަހައި ނިންމުން.

ވީމާ މިކަމަށް އެދި ޝައުގުވެރިވެލައްވާ ބޭފުޅުން 19 މާރިޗް 2017 ވާ އާދީއްތަ ދުވަހުގެ 11:00  އަށް މިކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 23 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބާއި މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނޭ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ ގަޑިޖެހުމުގެ 1 ގަޑިއިރުކުރިން އެކަން ބަޔާންކޮށް މިއިދާރާއަށް އެފަރާތުގެ ލިޔުމެއް ސޮޔާއިއެކު ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ.ނިލަންދޫގައި ޤާއިމްކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހެދުމުގެ މަސައްކަތަށް ކޮށްދިނުން އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.

މިމަސައްކަތަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ބަޔާންކުރެވިފައި އެވަނީއެވެ.

#

ޕޮއިންޓްދޭ ބައިތައް

ޕޮއިންޓް

ބެންޗް މާކް ތަފްޞީލް

01

ހުށަހަޅާ އަގު

60%

ހުށަހަޅާ އަގަކީ އަންދާޒާކުރާ އަގާ އަޅާބަލާއިރު މިކަމަށް އެކަށީގެންވާ އަގެއްކަން.

 

މުއްދަތު

15%

ހުށަހަޅާ މުއްދަތަކީ މިމަސައްކަތް ކޮށް ނިންމޭނެ މުއްދަތެއް ކަމުގައިވުން.

 

މާލީ ތަނަވަސްކަން

10%

މާލީ ގޮތުން އެކަންކުރެވޭނެ ފެންވަރެއްގައިވާ ފަރާތެއްތޯކަން އެނގޭ ފަދަ ލިޔުން. މިގޮތުން މިފަދަ ލިޔުމުގެ ގޮތުގައި ބަލާނީ ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދީފައިވާ މިފަދަ ލިޔުންތަކަށް.

 

ތަޖްރިބާ

10%

މީގެކުރިން ކޮށްފައިވާ މިބާވަތުގެ ކަންތައްތައް ހިނގާފައިވާ ގޮތާއި އެކަމުގެ ކުޑަބޮޑުމިން އެނގޭފަދަ ލިޔުން. މިފަދަ ލޔުންތަކުގެ ގޮތުގައި ބަލާނީ އެކަމާގުޅޭ ތަފްޞީލްތައް ބަޔާންކޮށް ހުށަހަޅޭ ލިޔުންތަކަށް

 

ފަންނީ ޤާބިލްކަން ހުރި މިންވަރު

05%

މިމަސައްކަތް ކުރުމުގައި މަސައްކަތާގުޅޭ ދާއިރާގެ ފަންނުވެރިކަން އަންގައިދޭ ރަސްމީ ލިޔުން.

12 މާރިޗު 2017
ހޯދާ