ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.މާމެންދޫ ރައްޔިތުންގެ ގެސްޓުހައުސްގެ ބައެއް މަރާމާތުތައް ކުރުމާއި ގުޅޭ

ލ.މާމެންދޫ ރައްޔިތުންގެ ގެސްޓްހައުސްގެ 01 ވަނަ އަދި 02 ވަނަ ބައިގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޢިއުލާން ނަންބަރު : (IUL)403-A/403/2017/26(27 ފެބުރުވަރީ 2017)  އާއި ގުޅިގެން މަޢުލޫމާތު ސާފުކޮށް އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައި ނުވާތީ އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިކަމަށް އެދިލައްވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

  • ·         މަޢުލޫމާތު ސާފުކުރުން 16 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި
  • ·         އެސްޓިމޭޓް ހުށަހެޅުން: 23 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި

 

            މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާއަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ. 

12 މާރިޗު 2017
ހޯދާ