ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ނަންބަރު : WAMCO-LOG/IUL/2017/37
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް އިންޓާނަލް އޮޑިޓްކޮށް ދޭނެ ފަރާތެއް ހޯދުން
މިކޯޕަރޭޝަނުން އިންޓާނަލް އޮޑިޓް އެއް ކުރުމަށް ބޭނުންވެއެވެ. ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި ވެމްކޯ މައި އޮފީސް، މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ، މަޖީދީމަގު އަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
|
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
16 މާރޗް 2017 (ބުރާސްފަތި) |
13:00 (މެންދުރު) |
ބީލަން ހުށަހެޅުން |
23 މާރޗް 2017 (ބުރާސްފަތި) |
13:00 (މެންދުރު) |
2017 މާރޗް 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.
ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހާއި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ
މަޖީދީމަގު
ޕޯސްޓަލްކޯޑް:20161
މާލެ، ދިވެހިރާއްޖެ.
ފޯން ނަންބަރު: 3000581
ފެކްސް ނަންބަރު: 3000584
13 ޖުމާދުލްއާޚިރް 1438
12 މާރޗް 2017