ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛްކުރަމުންދާ "އެންހޭންސްޑް އިންޓެގްރޭޓެޑް ފްރޭމްވާރކް" (އީ.އައި.އެފް) ޕްރޮގްރާމްގެ ޓިއަރ 1 އަދި ޓިއަރ 2 ޕްރޮޖެކްޓް އިވެލުއޭޓްކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި އާންމުކޮށް އިޢުލާނު ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކުން، 16 މާރިޗް 2017 ވާ ބުރާސްފަތި ދުވަހު، މެންދުރު 13:00 ގައި މި މިނިސްޓްރީގައި (ވެލާނާގެ 11 ވަނަ ފަންގިފިލާ) ބާއްވާ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގެން ދެއްވާ، މަޢުލޫމާތު ސާފުކުރުމަށް ދައުވަތު އަރުވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ، މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކަށެވެ.
ބީލަމަށް ހުށަހަޅާ ޓެކްނިކަލް އަދި ފައިނޭންޝަލް ޕްރޮޕޯސަލް ބަލައިގަތުމާއި، ޓެކްނިކަލް ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 23 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި، މި މިނިސްޓްރީގެ (ވެލާނާގެ 11 ވަނަ ފަންގިފިލާ) ކޮންފަރެންސް ހޯލްގައެވެ. ބީލަމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ، މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ގޮތަށް ލޭބަލް ކުރެވި، ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3333139 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި، "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސްއޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.
13 ޖުމާދިލްއާޚިރް 1438
12 މާރިޗް 2017
