ވަޒީފާގެ ފުރުޞަތު
ބޮޑުފޮޅުދޫ މަދަރުސާ، ދިވެހިރާއްޖެ
ނަންބަރު GS149/2017/03:
މަސައްކަތު(ވަގުތީ)
އިޢުލާން
މަޤާމު:
|
މަސައްކަތު (ވަގުތީ)
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ރޭންކް:
|
އެސް.އެސް. 1
|
މަޤާމުގެ ކުލެސިފިކޭޝަން:
|
ސަޕޯޓް ސްޓާފް ގްރޭޑް 1
|
މަޤާމުގެ ގިންތި:
|
ކޮންޓްރެކްޓް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ބޮޑުފޮޅުދޫ ސްކޫލް
|
މުސާރަ:
|
މަހަކު -/3،100 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
މަހަކު -/1،000 ރުފިޔާ
|
މަޤާމުގެ ޝަރުޠު:
|
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ލިބިފައިވުން.
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކްލާސްރޫމްތަކުގެ ފަންކާތަކާއި، ފެންލައިޓާއި، ހޮޅިބުރިތައް، ފޮހެ ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގެ ގޯތިތެރެއިން ކުނިކެހުމަށް ހަވާލުކުރެވޭ ސަރަހައްދު ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
- ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކިޔެވުން ނިމުމުން، ކްލާސްރޫމްތައް ކުނިކަހައި، ޑެސްކްތަކާއި ގޮނޑިތައް ފޮހެ ސާފުކޮށް ބެލެހެއްޓުން.
- ކްލާސްތަކަށް ގެންދަންޖެހޭ ތަކެއްޗާއި ދަރިވަރުންނަށް ބަހަންޖެހޭ ސްލިޕްތައް ފަރުވާތެރިކަމާއެކު ރައްދުކޮށްދިނުން.
- ކިޔެވުން އޮންނަ ކޮންމެ ދުވަހެއްގެ ކިޔެވުން ނިމުމުން، ސްކޫލުގެ ފާޚާނާތައް ދޮވެ، ސާފުކޮށް ބެލެހެއްޓުން.
- ސްކޫލް ގޯތިތެރެއަށް ފެންޖެހުން.
- އިމްތިޙާނުތަކަށް ހޯލު ތައްޔާރުކުރުން.
- ސްކޫލްގެ އެކިއެކި ރަސްމިޔާތުތަކަށް ސްކޫލް ތައްޔާރުކުރުމުގައި އެހީތެރިވުން.
|
ވަޒީފާއަށް ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭ ކަންތައްތައް:
|
- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީން ލިބިފައިވާ މިންވަރު.
- މަސައްކަތް ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި ސިފަތައް.
|
އިންޓަވިއުކުރުން:
|
މި މަޤާމަށް މީހުން ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިޔު ކުރުމަށް ފަހުގައެވެ. އިންޓަވިޔު އޮންނާނީ 2017 މާރޗް 23 ގައި، ބޮޑުފޮޅުދޫ ސްކޫލް ގައެވެ.
- މި މަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.
- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
|
ޝަރުތު ހަމަވާ ފަރާތަކުން ހުށަހަޅަންޖެހޭ ތަކެތި:
|
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު، ބޮޑުފޮޅުދޫ ސްކޫލް އޮފީހުން ލިބެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.(ވަޒީފާ އަދާކުރި މުއްދަތާއި، ކުރި މަސައްކަތާއި، މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު).
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ބޮޑުފޮޅުދޫ ސްކޫލްގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 މާރޗް 21 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސްކޫލުގެ 6660841 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
12 މާރޗް 2017