ދިވެހިރާއްޖެ
މިރަށު ސްޓޭޖްގައި ސްޓޭޖް ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ފަޔަރ ސްޓޭޝަނެއް ޤާއިމު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.
ވީމާ މިކަމަށް އެދި ޝައުގުވެރިވެލައްވާ ބޭފުޅުން 19 މާރިޗް 2017 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު 22 މާރިޗް 2017 ވާ ބުދަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީ ހިސާބާއި މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަންނާނޭ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅާނަމަ ގަޑިޖެހުމުގެ 1 ގަޑިއިރުކުރިން އެކަން ބަޔާންކޮށް މިއިދާރާއަށް އެފަރާތުގެ ލިޔުމެއް ސޮޔާއިއެކު ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއިން ދޫކުރާ އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ.ނިލަންދޫގައި ޤާއިމްކުރާ ފަޔަރސްޓޭޝަން ހެދުމުގެ މަސައްކަތަށް ކޮށްދިނުން އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ.
މިމަސައްކަތަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް ބަޔާންކުރެވިފައި އެވަނީއެވެ.
# |
ޕޮއިންޓްދޭ ބައިތައް |
ޕޮއިންޓް |
ބެންޗް މާކް ތަފްޞީލް |
01 |
ހުށަހަޅާ އަގު |
60% |
ހުށަހަޅާ އަގަކީ އަންދާޒާކުރާ އަގާ އަޅާބަލާއިރު މިކަމަށް އެކަށީގެންވާ އަގެއްކަން. |
|
މުއްދަތު |
15% |
ހުށަހަޅާ މުއްދަތަކީ މިމަސައްކަތް ކޮށް ނިންމޭނެ މުއްދަތެއް ކަމުގައިވުން. |
|
މާލީ ތަނަވަސްކަން |
10% |
މާލީ ގޮތުން އެކަންކުރެވޭނެ ފެންވަރެއްގައިވާ ފަރާތެއްތޯކަން އެނގޭ ފަދަ ލިޔުން. މިގޮތުން މިފަދަ ލިޔުމުގެ ގޮތުގައި ބަލާނީ ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ދީފައިވާ މިފަދަ ލިޔުންތަކަށް. |
|
ތަޖްރިބާ |
10% |
މީގެކުރިން ކޮށްފައިވާ މިބާވަތުގެ ކަންތައްތައް ހިނގާފައިވާ ގޮތާއި އެކަމުގެ ކުޑަބޮޑުމިން އެނގޭފަދަ ލިޔުން. މިފަދަ ލިޔުންތަކުގެ ގޮތުގައި ބަލާނީ އެކަމާގުޅޭ ތަފްޞީލްތައް ބަޔާންކޮށް ހުށަހަޅޭ ލިޔުންތަކަށް |
|
ފަންނީ ޤާބިލްކަން ހުރި މިންވަރު |
05% |
މިމަސައްކަތް ކުރުމުގައި މަސައްކަތާގުޅޭ ދާއިރާގެ ފަންނުވެރިކަން އަންގައިދޭ ރަސްމީ ލިޔުން. |