ދިވެހިރާއްޖެ
ނަންބަރު:A)DA-2017/81)
އިޢުލާން
2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ވޯޓުނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުލާ، ގުނާ އެމީހެއްގެ މަސްލަހަތު އޮތް ކޮންމެ މަރުކަޒަކަށް 1 (އެކެއް) މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގަވާއިދު 2017 ގެ 24 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ.
މި ގޮތުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްތަކަށް 2017 މާރިޗު 9 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން 2017 މާރިޗު 16 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އާއި ހަމަޔަށް އެ ފުރުޞަތު ހުޅުވާލައިފީމެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ގެ ކަންތައްތައް ހިނގާނުހިނގާގޮތް ބެލުމަށް ކެންޑިޑޭޓުންގެ މަންދޫބުންނަށް ހުއްދަ ދެވޭނީ އަންނަނިވި ޝަރުޠުތައް ފުރިހަމަވުމުންނެވެ.
- އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.
- ޖިނާޢީ ކުށެއްގައި ޙުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން.
- ލޯކަލް ކައުންސިލްތަކުގެ އިންތިޙާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހަކު ކަމުގައިވުން.
- ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާބެހޭ މަސައްކަތެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޙަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން.
- ފަނޑިޔާރުން އަދި މިނިވަން މުއައްސަސާ ތަކުގެ ވެރިންނާއި މެންބަރުން ކަމުގައި ނުވުން.
- ކުށެއްގެ ތުހުމަތުގައި ބަންދު ކުރެވިފައި ހުރި މީހަކު ކަމުގައި ނުވުން.
- ދިވެހި ފުލުހެއް ނުވަތަ ސިފައިންގެ މީހަކު ކަމުގައި ނުވުން.
ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތައް ބެލުމަށް ކެންޑިޑޭޓުން ޢައްޔަންކުރާ މަންދޫބުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކުރިމަތިލުމަށް ފޯމު ހުށަހަޅުއްވާނީ އޮންލައިންކޮށް ނުވަތަ ތިރީގައި މިދަންނަވާ ތަންތަނަށެވެ.
- މާލޭގައިނަމަ އިންތިޚާބީ މަރުކަޒު (ބައު ޖަމާލުއްދީނު) ގެ ރިސެޕްޝަނަށެވެ.
- އަތޮޅުތަކުގައިނަމަ އެ އަތޮޅެއްގެ އަތޮޅު ފޯކަލް ފޮއިންޓަށް ނުވަތަ އެ ރަށެއްގެ ފޯކަލް ޕޮއިންޓަށެވެ.
- އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އިން ނަމަ، އެ ސިޓީ އެއްގެ އަވަށު އޮފީހުގައި ހުންނަ ފޯކަލް ޕޮއިންޓަށެވެ.
އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ހުށަހަޅުއްވާނީ http://forms.elections.gov.mv މިލިންކު މެދުވެރިކޮށެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅާނޭ ގޮތުގެ އުޞޫލު މިލިންކުން ފެންނަން ހުންނާނެއެވެ.
އަދި ދަންނަވަމެވެ. މި ކޮމިޝަނުގެ ނަންބަރު (A)DA-2016/225 (2016 ޑިސެންބަރު 5) އިޢުލާނާއި ގުޅިގެން ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް ހުށަހެޅުއްވި ފަރާތްތަކުގެ އެޕްލިކޭޝަންތައް ވަނީ ބާޠިލްކުރެވިފައެވެ. ވީމާ އެފަރާތްތަކުން ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާނަމަ އަލުން ފޯމު ހުށަހަޅަންޖެހޭނެއެވެ.
މި އިންތިޚާބަށް ކާޑު ދޫކުރުމަށްފަހު، ކާޑު ގެއްލިގެން ނުވަތަ އެހެންވެސް ސަބަބަކާހުރެ އަލުން ކާޑެއް ހަދައި ދެވޭނީ -/95 (ނުވަދިހަފަސް) ރުފިޔާގެ ޖޫރިމަނާއެއް އެކާޑަކަށް ނެގުމަށްފަހުއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
10 ޖުމާދަލްއާޚިރާ 1438