މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސ. ހިތަދޫގައި ގުދަނެއް ޢިމާރާތް ކުރުން.
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސ. ހިތަދޫގައި ގުދަނެއް ޢިމާރާތް ކުރުން.
- މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް، ސ. ހިތަދޫގައި ހުންނަ ލޭންޑް، ބިލްޑިންގ އެންޑް މުނިސިޕަލް ސާރވިސަސް ޑިޕާޓްމަންޓު ޤާއިމު ކޮށްފައިވާ ޢިމާރާތް ހުންނަ ގޯތި ތެރޭގައި 100x100 ފޫޓުގެ ގުދަނެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ، ކަމުގެ ޤާބިލިއްޔަތުކަން ހުރި ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ، ދީފައިވާ ކުރެހުމާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ގުދަނުގެ ކޮންސްޓްރަކްޝަން މަސައްކަތް، 45 (ސާލީސްފަހެއް) ދުވަހުގެ ތެރޭގައި ކޮށް ނިންމުމެވެ.
- ބީލަމުގައި ބައިވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުން އޮންނާނީ، 13 މާރިޗު 2017 ވާ ހޯމަ ދުވަހުގެ 11:00 އިން 12:00އަށް މި މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. މަސައްކަތުގެ ތަފުޞީލު ހިމެނޭ ބީލަންކަރުދާސް ދޫކުރުން އޮންނާނީ، 08 މާރިޗު 2017 އިން ފެށިގެން 13 މާރިޗު 2017 ވަނަ ދުވަހުގެ 10:00 އާއި ހަމައަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08.30 އިން 13:00 އަށް މިމިނިސްޓްރީ އިންނެވެ. ބީލަންކަރުދާހުގެ ސޮފްޓު ކޮޕީ މިމިނިސްޓްރީގެ ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީ-މެއިލް ކުރައްވާނީ 2017 މާރިޗު 15 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑުރެހަށެވެ.
- ބީލަމުގެ މުއްދަތަކީ، ބީލަން ހުޅުވާދުވަހުން ފެށިގެން 90 (ނުވަދިހަ) ދުވަހެވެ.
- ބީލަން ހުޅުވުން އޮންނާނީ 2017 މާރިޗު 16 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. މި ބީލަން ހުޅުވާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޙާޞިރުވާން ބޭނުންވާ ފަރާތްތަކުގެ ހާޞިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓްގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް،
ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ޕްރޮޖެކްޓް،
މިނިސްޓްރީ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ
ޓެލެފޯން: 9603004324, 9603004128
ފެކްސް: 9603004301
އީ-މެއިލް: [email protected]
06 މާރިޗު 2017
07 މާރިޗު 2017
ހޯދާ