ދިވެހިރާއްޖެ
މަޤާމް :ސަޕޯޓް ސްޓާފް (މަސައްކަތު) | |||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ބޭނުންވާ އަދަދު :1 | |||||||||||||||||||||||||||||||||||
ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:
1- ސްކޫލުގެ ފަންކާތަކާއި ހޮޅިބުރިތައް މަރާމާތު ކުރުމާއި، ގަސްތައް ކަނޑައި ކުނިތައް އުކުން. 2- ސްކޫލުގެ ފާޚާނާތައް ދޮވެ ސާފުކޮށް، އެ ފާޚާނާތަކުގެ ފްލެޝްޓޭންކާއި އިސްކުރުފަދަ ތަކެއްޗަށް ޖެހޭމައްސަލަތައް ހައްލުކުރުމާއެކު، ނަރުދަމާ ނިޒާމަށް ދިމާވާކަންތައްތައް ބެލެހެއްޓުން. 3- ކްލާސްތައް ކުނިކަހައި،ބިއްލޫރި ދޮރުތައް ފޮހެ، ސާފުކޮށް، މޮޕްއެޅުމާއި، ކްލާސްތަކުގެ ޑަސްބިންތައް ސާފުކޮށް ކުނިއުކަން ކަނޑައެޅިފަވާ ސަރަހައްދަށް ކުނިއުކުން. 4- ފުރާޅުމައްޗަށް އަރައި ދިޔަދޮވި ސާފުކުރުމާއި، އެކިއެކި ޖަލްސާތަކާއި މުނާސަބަތުތަކުގައި ބޭނުންވާ ގޮނޑިޖެހުން. 5- ސްކޫލުގައި ހިންގޭ އެކިއެކި ހަރަކާތްތަކުގައި ތަންތައްޔާރު ކުރުމުގައި އެހީތެރިވެދިނުން. 6- އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރާ އެންމެހައި ކަންތައްކުރުން.
ޝަރުތު:
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
އިންޓަރވިއު ކުރުން
ހ. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިއު ކުރުން އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްހަފްތާގެ ތެރޭގައެވެ. ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑުވެސް ކުރެވޭނެއެވެ.) ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދޭ ފޯމް ގުރައިދޫ ސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. - ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ގުރައިދޫ ސްކޫލްގެ އޮފީހަށެވެ. - ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 16 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިންނެވެ.
ނޯޓް: މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ގުރައިދޫ ސްކޫލުގެ ނަންބަރު6640574 ފޯނަށް ގުޅުއްވުން އެދެމެވެ. |