ދިވެހިރާއްޖެ
އިޢުލާން
ކުނިކޮށްޓަށް މުވައްޒަފުން ހޯދުމައި ބެހޭ
މިރަށު ކުނިކޮށީގައި މިހާރު ހުރި މުވައްޒަފުގެ އިތުރަށް މުވައްޒަފުން ހޯދަން ބޭނުން ވެއްޖެއެވެ.
1 މަޤާމް : ޑްރައިވަރު
ބޭނުންވާ ޢަދަދު 1
މުސާރަ މަހަކު -/6000 ރ
ކުރަންޖެހޭ މަސައްކަތް . ގޭގެއިން ނާއި އެހެނިހެން ސަރަޙައްދު ތަކުން ކުނި ނަގައިގެން ކުނިކޮށްޓަށް ކުނި ގެންދިޔުމާއި އެކު ކުނިކޮށީގެ މަސައްކަތުގައި ޢަމަލީ ގޮތުން އުޅުން.
މަސައްކަތް ކުރަނަޖެހޭ ދުވަހުގެ ޢަދަދު . ހަފުތާއަކު 5 ( ފަސްދުވަހު )
މަސައްކަތް ކުރަންޖެހޭ ވަޤުތު . ހެނދުނު 8.00 ން މެންދުރު 11.30 ށް މެންދުރުފަހު 13.00 ން 15.00 ށް
ފެންވަރު/ޝަރުތު : ޕިކަޕު ދުއްވުމުގެ ލައިސަންސް އޮތުމާއި އެކު ގިނަވަޤުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއްކަމުގައި ވުމާއި އެކު ދިވެއްސަކު ކަމުގައި ވުން .
2 މަޤާމް . މަސައްކަތު
ބޭނުންވާ ޢަދަދު. 3
މުސާރަަ މަހަކު ، -/6000 ރ
ކުރަންޖެހޭ މަސައްކަތް. ގޭގެއިންނާއި، އެހެނިހެން ސަރަޙައްދުތަކުން ކުނިނަގައިގެން ކުނިކޮށްޓަށް ގެންގޮސް ކުނިކޮށީގައި ޢަމަލީ ގޮތުން މަސައްކަތް ކުރުން.
މަސައްކަތް ކުރަންޖެހޭ ދުވަހުގެ ޢަދަދު . ހަފުތާއަކު 5 ( ފަސް ދުވަހު )
މަސައްކަތް ކުރަންޖެހޭ ވަޤުތު . ހެނދުނު 8.00 ން މެންދުރު 11.30 ށް މެންދުރުފަހު 13.00 ން 15.00 ށް
ފެންވަރު/ނުވަތަ ޝަރުތު : އަސާސީ ތަޢުލީމު ފެންވަރު ހުރުމާއު އެކު ގިނަވަޤުތު މަސައްކަތުގައި ހީވާގި ކަމާއި އެކުއުޅެވޭ މީހެއްކަމަށް ވުމާއި އެކު ދިވެއްސަކު ކަމުގައިވުން .
ވީމާ، މިވަޒީފާތަކަށްޝައުޤުވެރިވާަ ފަރާތް ތަކުން 2017 މާރޗް 16 ވާ ބުރާސްފަތި ދުވަހުގެ14.00 ގެ ކުރިން އައިޑީ ކާޑުގެ ފޮޓޯކޮޕީއަކާއި އެކު ސިޓީއަކުން ހުށައެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
08 ޖުމާދުލްއާޚިރާ 1438
07 މާރިޗް 2017