ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ޗީފް އެގްޒެމިނަރުން ހޯދުން

                                                        ނަންބަރު: IUL)120/120/2017/12)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް

ޗީފް އެގްޒެމިނަރ ( ދިވެހި ) ،  ޗީފް އެގްޒެމިނަރ ( އިސްލާމް )

ގިންތި:

-          ޕާޓްޓައިމް (ކޮންޓްރެކްޓް)

-          އެހެން ވަޒީފާއެއް އަދާކުރައްވާ ފަރާތަކަށްވެސް މިވަޒީފާ އަދާ ކުރެވޭނެއެވެ.  

ބޭނުންވާ ޢަދަދު

2

ދިވެހި  މާއްދާއަށް 1 / އިސްލާމް މާއްދާއަށް 1

ޢުޖޫރަ:

ރިޓެއިނިންގ އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު -/3000 (ތިންހާސް) ރުފިޔާ އަދި ކޮންޓްރެކްޓްގެ މުއްދަތުގައި ވަގުތު ކަނޑައެޅިގެން ކުރާ މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 12 ގަޑިއިރު އުނިކުރުމަށްފަހު،

ގަޑިއަކަށް -/250 (ދުއިސައްތަ ފަންސާސް) ރުފިޔާ.

(ވަގުތު ކަނޑައަޅާނީ އިމްތިޙާނުގެ ތާވަލްތަކަށް ބުރޫނާރާގޮތަށް، ދެފަރާތުގެ މަޝްވަރާއިން އެއްބަސްވެވޭ ގޮތަކަށެވެ.)

މުއްދަތު:

3 (ތިނެއް) އަހަރު ދުވަސް.

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން މާސްޓާރސް ޑިގްރީއެއް ހާޞިލް ކޮށްފައި ވުމާއެކު ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް 2 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، މި ޑިޕާޓްމެންޓުން ބާއްވާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތުގެ، މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

ނުވަތަ

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިގްރީއެއް ހާޞިލް ކޮށްފައި ވުމާއެކު ސާނަވީ ސިލަބަހަށް 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުމުގެ އިތުރުން، މި ޑިޕާޓްމެންޓުން ބާއްވާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތުގެ، މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • އިމްތިޙާނު ކަރުދާސްތަކާއި މާކިންގ ސްކީމުތައް އެކުލަވާލައި އިމްތިޙާނު ކަރުދާސްތައް މާކު ކުރުމާއި ނަތީޖާތައް ޕްރޮސެސްކޮށް، އެއިން ގްރޭޑްތައް ކަނޑައެޅުމުގެ އެންމެހައި މަސައްކަތުގެ އެންމެ އިސްކޮށް ހުންނަވާ ފަރާތުގެ ހައިސިއްޔަތުން ތިރީގައި މިބަޔާން ކުރާ ކަންތައްތައް ޗީފް އެގްޒަމިނަރު ކޮށްދެއްވަން ވާނެއެވެ.

-          ތިން މެންބަރުން ހިމެނޭ އިމްތިޙާނު ކޮމިޓީގެ އެންމެއިސް މެންބަރުގެ ގޮތުގައި ޕޭޕަރ ސެޓަރާއި ކޮމިޓީގެ މެންބަރާއި، ވަކި މަސައްކަތްތައް ހަވާލުކުރާ އިދާރީ މުވައްޒަފުގެ މަސައްކަތްތައް ވިލަރެސް ކުރުމާއި ބެލެހެއްޓުން.

-          ޓޭބަލް އޮފް ސްޕެސިފިކޭޝަނާ އެއްގޮތަށް އިމްތިހާނު ކަރުދާސް ތައްޔާރުކުރުމަށް ސެޓަރއަށް މަސައްކަތް ހަވާލުކޮށް، މަސައްކަތް ކުރާނޭ ގޮތުގެ އިރުޝާދު ދިނުން

-          ކަރުދާސްތަކާއި މާކިންގ ސްކީމްތައް އެކުލަވާލެވިފައިވަނީ އިމްތިޙާނުކަރުދާސްތައް އެކުލަވާލުމަށް ކަނޑައެޅިފައިވާ މަޤްޞަދުތަކާއި އުޞޫލުތަކާއި ހަމަތަކާ (ޓޭބަލް އޮފް ސްޕެސިފިކޭޝަނާ) އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.

-          އިމްތިޙާނު ކަރުދާސްތަކާއި މާކިންގ ސްކީމްތައް ޕްރޫފު ރީޑްކޮށް، ގެންނަންޖެހޭ ބަދަލެއްވާނަމަ ގެނައުން.

-          ކަރުދާސްތަކާއި މާކިންގ ސްކީމްތައް ޕްރިންޓް ކުރުމުގެ މަސައްކަތް މޮނިޓަރކޮށް ބެލުން.

-          މާކަރުންނަށް ތަމްރީން ދިނުމާއި މާކަރުން ކަނޑައެޅުމުގެ ވަރކްޝޮޕް ރާވައި ހިންގުން.

-          ސްޓޭންޑަޑައިޒޭޝަން ބައްދަލުވުންތައް ބާއްވައި، މާކިންގ ސްކީމުތަކާއި އެއާ ގުޅުންހުރި އިދާރީ މަސައްކަތްތައް އެގްޒޭމިނަރުންނަށާއި މޮޑަރޭޓަރުންނަށާއި މާކަރުންނަށް ކިޔައިދީ، އޭގައިވާ ގޮތަށް ކޮންސިސްޓަންޓްކޮށް އަދި އެކިއުރޭޓްކޮށް ސުއާލުތައް މާރކް ކުރޭތޯ ބެލުން.

-          މާކިންގެ މަސައްކަތް ސުޕަވައިޒްކޮށް، ސްޓޭންޑަޑްތަކާ އެއްގޮތަށް މަސައްކަތް ދޭތޯ މޮނިޓަރކޮށް ބެލެހެއްޓުން.

-          އިމްތިޙާނުތަކުގެ ކަންތައްތައް ދިޔަގޮތުގެ ރިޕޯޓް ތައްޔާރުކޮށް ޑީ.ޕީ.އީއާ ހަވާލު ކުރުން.

-          ގްރޭޑްތައް މުރާޖާ ކުރުމަށް އެހީތެރިވެދީ އެކަމަށް ބާއްވާ ބައްދަލުވުން ތަކުގައި ބައިވެރިވުން.

-          އިމްތިޙާނުގެ ނަތީޖާ އަލުން ބަލަން އެދޭ ކެންޑިޑޭޓުންގެ ނަތީޖާ ބެލުމުގެ ކަންތައް އިންތިޒާމް ކުރުން.

-          މާއްދާގެ ނަތީޖާތައް އެނަލައިޒްކޮށް، ތަފާސްހިސާބުތައް އެކުލަވާލާ މާއްދާ ރިޕޯޓް ތައްޔާރުކުރުން

 

ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން

-          ލިބިފައިވާ ތަޢުލީމާއި ތަމްރީނުގެ ސެޓްފިކެޓްތަކަށް ބަލައިގެން،

-          މަސައްކަތުގެ ދާއިރާއިން ލިބިފައިވާ އަމަލީ ތަޖްރިބާއަށް ބަލައިގެން،

-          ޤާބިލުކަން ކަށަވަރު ކުރުމަށް އިންޓަވިއު ކޮށްގެން،

ނޯޓް): މި މަސައްކަތަށް މީހުން ކަނޑައެޅުމުގައި މިޑިޕާޓްމެންޓުގައި މީގެ ކުރިން ޕޭޕަރ ސެޓްކުރުމުގެ މަސައްކަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 

އިންޓަރވިއު ކުރުން:

މިމަގާމަށް މީހުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަރވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

-          އިންޓަރވިއުއަށް ހާޟިރުވާއިރު، ޕްރެޒެންޓޭޝަން ހުށަހަޅަންވާނެއެވެ. އެ ޕްރެންޓޭޝަންގައި މާއްދާގެ މިހާރުގެ ޙާލަތާއި ޕޭޕަރ ސެޓްކުރުމާއި މާކުކުރުމުގެ ކަންތައްތައް ރަނގަޅުކުރުމަށް ކުރާނެ މަސައްކަތްތައް އަދި މަސައްކަތްކުރާނެ ގޮތުގެ ޓައިމްލައިނެއް  ހިމަނަން ވާނެއެވެ

 

 

 

 

 

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓްގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ( އެކްރެޑިޓް ކޮށްފައި )

ނ- ވަޒީފާއެއް އަދާކުރާނަމަ، މިމަސައްކަތަށް ދޫކުރާނޭ ކަމުގެ ލިޔުން.

ރ- ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ  މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް.

ބ- ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހިރައްޔިތެއްކަން އަންގައިދޭ (މުއްދަތު ހަމަނުވާ) ކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ .

ޅ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ކ. ސުވާލުކަރުދާސް ތައްޔާރުކުރުމާއި މާކުކުރުމުގައި ލިބިފައިވާ ތަޖްރިބާ އާއި މަސައްކަތް ކުރި އަހަރު އެނގޭ ލިޔުމެއް.

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ތަކެތި  ހުށަހަޅަންޖެހޭ އޮފީސް

       މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

 ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2017 މާރިޗް 13 ވާ ހޯމަ ދުވަހުގެ 13:00

           08 ޖުމާދަލްއާޚިރާ  1438

           07 މާރިޗް    2017

07 މާރިޗު 2017
ހޯދާ