ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ އެޕްރީލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން:

ނަންބަރު: IUL)120/120/2017/10)

އިޢުލާން

2017 ވަނަ އަހަރުގެ އެޕްރީލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިމްތިޙާނުގެ އެޕްލިކޭޝަން ދޫކުރުން: 

2017 ވަނަ އަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިމްތިޙާނުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ފައިސާބަލައިގަތުން 2017 މާރިޗު 12 އިން ފެށިގެން 2017 މާރިޗު 26 ވަނަ ދުވަހުގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ. އެޕްލިކޭޝަން ފޯމާއި ފީޝީޓު މިޑިޕާޓްމަންޓުގެ ކައުންޓަރުންނާއި މިޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުންވެސް ލިބެން ހުންނާނެއެވެ.

ފޯމު ދޫކުރުމާއި، ފޯމު ޗެކުކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 8300 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ. 

 

08  ޖުމާދަލްއާޚިރާ 1438

07   މާރިޗު   2017 

07 މާރިޗު 2017
ހޯދާ