ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢިޖްތިމާއީ މަސައްކަތު މުއައްޒަފުން ހޯދުމަށް

އިޢުލާން

ރަތަފަންދޫ އިޖުތިމާޢީ ގުރޫޕަށް މުވައްޒަފުން ހޯދުން

ރަތަފަންދޫ އިޖުތިމާޢީ ގުރޫޕުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ހޯދުމަށްވަނީ ބޭނުންވެފައެވެ.

މަޤާމު

މަސައްކަތު   ( ކޮންޓްރެކްޓް )

ބޭނުންވާ އަދަދު

07

މަސައްކަތް ކުރަންޖެހޭ  އޮފީސް

ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާ

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު

1-      މިސްކިތުގޯތި (1) މަގާއެކު ސާފުކޮށް ބެލެހެއްޓުން

2-      މިސްކިތުގޯތި (2) މަގާއެކު ސާފުކޮށް ބެލެހެއްޓުން

3-      ރަތަފަންދޫ ވަލުމިސްކިތުގެ މަގު ސާފުކޮށް ބެލެހެއްޓުން

4-      ރަތަފަންދޫ އަތިރިމަތީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

5-      ރަތަފަންދޫ ޖެޓީގެ އުތުރުން ހަދާފައިވާ ހުރަސްފަސްގަނޑު ސާފުކޮށް ބެލެހެއްޓުން

6-      ރަތަފަންދޫ އަމީނީމަގުގެ އިރު ދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

7-      ރަތަފަންދޫ އަމީނީމަގުގެ ހުޅަނގުކޮޅު ދިރާގުސައިޓްގެ ކުރިމަތީ މަގުގެ އަނެއްފަރާތް ސާފުކޮށް ބެލެހެއްޓުން

8-      ރަތަފަންދޫ ފުޓްބޯޅަ ދަނޑުގެ މަގުތައް ސާފުކޮށް ބެލެހެއްޓުން

9-      ރަތަފަންދޫ ޗަބޭލީމަގުގެ ދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

10-  ރަތަފަންދޫ މަންޒިލްމަގުގެ އިރުދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

11-  ރަތަފަންދޫ ނަސީމީހިގުން ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

12-  ރަތަފަންދޫ އައްސޭރިހިގުން ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

13-  ރަތަފަންދޫ އަންބަރީމަގުގެ ދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

14-  ރަތަފަންދޫ ނަރުގިސްމަގު ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން

15-  ރަތަފަންދޫ ބީޗްރޯޑް އިރުދެކުނުކޮޅު ގޯތިތައް ނުހިމެނޭ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.

16-  ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން

މުސާރަ :            -/2000 ރުފިޔާ

މަޤާމުގެ ޝަރުޠު

1-      ލިޔަންކިޔަން ދަތުމާއެކު މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށް ދިނުން

  ނުވަތަ

2- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ސިއްޙަތެއްގައިހުރި މީހަކަށްވުން.

 

ހުށަހަޅަންޖެހޭ ތަކެތި 

  • ވަޒީފާއަށް އެދި ފޮނުވާ ސިޓީ
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ގުޅޭނެ ފޯން ނަންބަރާއެކު  (ސީވީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާ އެއްގައިއުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިޔުމާއި، އަދި އުޅޭ ވަޒީފާއިން ވީއްލުމާމެދު  އިއުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުން ދީފައިވާ ލިޔުން.

އިންޓަރވިއުކުރުން

*  މިމަޤާމަށް މީހުން ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 20 މާރިޗް 2017 ވާ އަންގާރަދުވަހުގައެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން

- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން

ތަކެތި ހުށަހަޅަންޖެހޭ އޮފީސް

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ގދ. ރަތަފަންދޫ ކައުންސިލްގެ އިދާރާއަށެވެ. ސިޓީއާއި އެހެނިހެން ލިޔުންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 16 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިންނެވެ. 

ނޯޓް:

މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށްފެންނަ ފަރާތްތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6840016 ފޯނާ ގުޅުއްވުން އެދެމެވެ.

 

 

                                   

                                        

06 މާރިޗު 2017
ހޯދާ