ދިވެހިރާއްޖެ
ނަންބަރު: IUL)345-CAA/345/2017/15)
އިޢުލާން
ޑަބްލިޔު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ:
މި އިދާރާއިން އަންގާގޮތެއްގެ މަތިން ޑަބްލިއު މޯލްޑިވްސް ރިސޯޓުން ކުނި ގެނެސްދޭނެ ދޯންޏެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 މާރޗް 2016 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 މާރޗް 2016 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތާއި އަގު ހުށައެޅުމަށް އެހެންފަރާތެއް ފޮނުވާނަމަ ވެރިފަރާތުގެ ސޮއިކޮށްފައިވާ ލިޔުމެއް ފޮނުވަންވާނެއެވެ. ފޮނުވާ އެސްޓިމޭޓް އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ޑަބްލިއު މޯލްޑިވްސް ރިސޯޓުން ކުނިގެނެސްދޭނެ ދޯންޏެއް ހޯދުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.