ފުވައްމުލަކު މާދަޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާދަޑު ސަމާ އާއި ހުދުއަސްރުމާގެ ކިޔާ ގޯއްޗާއި ދެމެދު އޮތްބިން ކުއްޔަށް ދޫކުރުން

މާދަޑު ސަމާ އާއި ހުދުއަސްރުމާގެ ކިޔާ ގޯއްޗާއި ދެމެދު އޮތްބިން ކުއްޔަށް ދޫކުރުމާއިގުޅޭ:

 

ފުވައްމުލަކު މާދަޑު ސަމާ އާއި ހުދުއަސްރުމާގެ ކިޔާ ގޯއްޗާއި ދެމެދު އޮތް ބިން ކުއްޔަށް ދިނުމަށް ކުރެވުނު ނަންބަރ (IUL)424-CO/424/2017/6  (23 ފެބްރުއަރީ 2017) ޢިޢުލާނަށް އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އެ ބިން ކުއްޔަށް ދޫކުރުމަށް އަލުން ޢިއުލާން ކުރަމެވެ.                                              

ވީމާ މިބިން ކުއްޔަށް ހިފުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 12 މާރޗް 2017 ވާ އާދިއްތަ ދުވަހު 13:00 ގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 މާރޗް 2017 ވާ ބުރާސްފަތި ދުވަހު 13:00 ގައި ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި، ޕްރޮޕޯސަލް ބަލައިގަތުން އޮންނާނީ ދެންނެވިފައިވާ ދުވަސް ތަކުގެ އެގަޑިތަކުގައި މި އިދާރާގެ މީޓިންގ ރޫމުގައެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުޞަތު ލިބިވަޑައި ނުގަންނަވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ތަމްޞީލު ކުރެއްވޭނީ އެންމެ ފަރާތެކެވެ.

 

 

                   07  ޖުމާދަލްއާޚިރަ 1438ހ.

                 06 މާރޗް  2017މ.

06 މާރިޗު 2017
ހޯދާ