މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދިރާސާ ކުރުމަށް ލ އަތޮޅާއި ސ އަތޮޅާ ދެމެދުގައި ހިމެނޭ ސަރަހައްދުގެ ކަނދުފަތި ތަކުންބާނާ މަހާއި އަދި ކަނޑުހިނގާ އައިނުން ބާނާ މަހުގައި ފާހަގަ ޖެހުމަށް ދަތުރުކުރުމަށް ދޯންޏެއް ހޯދުމަށް

ތާރީޙް: 06 މާރޗް 2016

                                      ނަންބަރ:  IUL)30-C/30/2017/24)

                  

ކަނދުފަތިތަކުގެ ކައިރީގައި މަސް އުޅޭގޮތް ދެނެގަތުމަށް ކުރާ ދިރާސާ ކުރުމަށް ލ އަތޮޅާއި ސ އަތޮޅާ ދެމެދުގައި ހިމެނޭ ސަރަހައްދުގެ ކަނދުފަތި ތަކުންބާނާ މަހާއި އަދި ކަނޑުހިނގާ އައިނުން ބާނާ މަހުގައި ފާހަގަ ޖެހުމަށް ދަތުރުކުރުމަށް ދޯންޏެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ހުވަދުއަތޮޅު ދެކުނުބުރި އަދި އުތުރުބުރީގައި ކުރެވުނު ނަންބަރު (IUL)30-C/30/2017/15   އިއުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައި ނުވާތީ ، މިއިއުލާން ބާތިލްކޮށް ތިރީގައި ތަފްސީލް ދެވިފައިވާ ގޮތަށް މިކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ 9:00 އަށް ހުވަދުއަތޮޅު އުތުރުބުރި އަތޮޅު ކައުންސިލް އިދާރާއަށް އަންދާސީހިސާބު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

 

މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ތަފްސީލު

ހ - ޓެގު ޖެހުމަށް 6 ނުވަތަ 7 ދުވަހު ދަތުރުކުރަން ޖެހޭނެކަމަށް ލަފާކުރެވެެއެވެ.

ށ- ޓެގު ޖެހުމަށް ހަމަޖެހިފައި ވަނީ ދޮށީގެ މަސްވެރިކަންކުރާ ދޯންޏެއް ކުއްޔަށް ހިފައިގެނެވެ.

ނ – ދެ ބާވަތުގެ ޓެގުޖެހުމަށް މެރިން ރިސާރޗް ސެންޓަރުގެ ފަރާތުން 5 މީހުންގެ ޓީމެއް ދޯނީގައި ހަރަކާތްތެރި ވާނެއެވެ.

ރ – އެކޯސްޓިކު ޓެގު ޖަހާއިރު، ބާނާމަސް ސްޕޮންޖުން ހަދާފައިހުންނަ އައްޓެއްގެ މަތީ ބާއްވައި އެމަހުގެ ބަނޑުދަށް ފަޅާލާ އެތެރެޔަށް ޓެގުލައި ފަހާލަނީއެެވެ.

ބ – ޑާޓް ޓެގު ޖަހާއިރު، ބާނާމަސް ބާއްވަނީ ޑެގުމަތީގައި އަޅާފައި އޮންނަ ސްޕޮންޖުން ހަދާފައިހުންނަ ކުޑަ ގޮދަނޑިއެއްގެ މަތީގައެވެ. މަސް ގޮދަޑި މަތީ ބޭއްވުމަށްފަހު މަހުގެ ބުރިކަށި މަތީން ދެވަނަ އުރަހަ ކައިރިޔަށް ޓެގު ވައްދާލަނީއެވެ.

ޅ – ޓެގު ޖަހަން ބާނާމަސް ބާނާގޮތަށް، އެއްވެސް ތަނަކު ނުޖައްސާ މަޑުމަޑުން ބާއްވަނީ ސްޕޮންޖު ބެޑު މަތީގައެވެ.

ކ– ޓެގު ޖެހުމުގެ މަސައްކަތް ކުރުމަށް ކަނޑައެޅުފައިވަނީ ލ އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގައި ހިމެނޭ ކަނދުތަކުގައެވެ.

 

ޓެގު ޖެހުމަށް ކުއްޔަށް ހިފާ ދޯނީގައި ފުރިހަމަވެފައި ހުންނަން ޖެހޭކަންތައްތައް

ހ – ދޯނީގެ ދިގުމިން 85 ފޫޓަށްވުރެ ދިގުވުން

ށ – ދޯނީގައި ނިދާހަދަން އެކަށީގެންވާފަދަ ހިޔާގަނޑެއް ހުރުން

ނ – ޓެގު ޖުހުމަށްދާ ޓީމުގެ މީހުންނަށް ކެއުން، ނިދުން އަދި ފަސޭހައިން ފާހަނާކޮށް މީރުފެނުން ފެންވެރޭނެ ފަދަ ރަންގަޅު ފެންވަރުގެ ފާހާނާއެއްގެ ހިދުމަތް ދޯނީގައި ހަމަޖެހިފައި ހުރުން

ރ - އާއްމުކޮށް ދޮށީގެ މަސްވެރިކަންކުރާ ދޯންޏެއް ކަމުގައިވުން

 

އެހެން މުހިންމު މައުލޫމާތު

ހ – ޓެގުޖެހުމަށް މަސައްކަތްކުރާ ޓީމުން ބުނި ކަނދުފައްޗެއް (ހުވަދު އަތޮޅު) ކައިރިން ޓެގުޖެހުމަށް މަސްބޭނުން

ށ – މަސައްކަތް ކުރި ދުވަހެއްގެ ގޮތުގައި ބެލެވޭނީ އެންހިފައިގެން ކަނދަށްގޮސް ޓެގުޖެހުމަށް މަސައްކަތް ކުރެވޭ ދުވަހެވެ.

ނ- ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ ކޫއްޑޫއިންނެވެ.

 

  1. 1.      އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

 

  • އަގަށް 100  ޕޮއިންޓް 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3322242 އަދި 7771142 ނަމްބަރު ފޯނާ ގުޅުއްވުން އެދެމެވެ.

06 މާރިޗު 2017
ހޯދާ