މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

                                                                                       ނަންބަރ: IUL)MMPRC/1/2017/23)

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

                       މި ކޯޕަރޭޝަންގެ ބޭނުންތަކަށް ޤާނޫނީ ލަފާ ދެއްވާނެ ލީގަލް ކައުންސެލްއެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                         ވީމާ،  މި މަސައްކަތްކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2017 މާރިޗު 13ވާ ހޯމަ ދުވަހުގެ ހެނދުނު 10:00އަށް، ވެލާނާގެ 04 ވަނަ ފަންގިފިލާގައި ހުންނަ މިކޯޕަރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2017 މާރިޗު 16ވާ ބުރާސްފަތި ދުވަހުގެ 10:00އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

                         07 ޖުމާދިލްއާޚިރު 1438 ހ.

                         06 މާރިޗު 2017 މ.

 

06 މާރިޗު 2017
ހޯދާ