ދިވެހިރާއްޖެ
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް
ފެން ބިލްޑިންގ، 5 ވަނަ ފަންގިފިލާ
މާލެ، ދިވެހިރާއްޖެ
ފޯން: 3323209 ، ފެކްސް: 3324306
MWSC-A/7/ADV/2017/019
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
އެމް.ޑަބްލިޔު.އެސް.ސީ އަށް ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން
މިކުންފުނީގެ ފަރާތުންދޭ މައުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން ކޮންޓްރެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތަށް ބޯހޯލް ތޮރުފުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ފައިސާ ދައްކަވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 500.00ރ އެވެ. ބީލަންފޮތްތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 06 މާރިޗް 2017 އިން 09 މާރިޗް 2017 އަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 03:00 އަށް އެމް.ޑަބްލިޔު.އެސް.ސީ (ފެން ބިލްޑިންގ، ދެވަނަ ފަންގިފިލާ) އިންނެވެ. ބީލަންފޮތް ދޫކުރުން އޮންނާނީ 12 މާރިޗް 2017 ގެ ރަސްމީގަޑީގައި ފެން ބިލްޑިންގ 5 ވަނަ ފަންގިފިލާ އިންނެވެ.
ޕްރީބިޑް މީޓިންގް ބޭއްވުމަށް ހަމަޖެހިފައިވަނީ 14 މާރިޗް 2017 ވާ ދުވަހު 11:00 ގައެވެ. އަދި ބިޑް ހުށައަޅަން ހަމަޖެހިފައިވާ ތާރީޚަކީ 20 މާރިޗް 2017 ވާ ދުވަހު 11:30 އެވެ.
ޕްރޮކިއުމަންޓް ޑިޕާޓްމަންޓް
06 މާރިޗް 2017