މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަސްމާދޫ ބަނދަރު ސަރަހައްދަުން ޢާއްމު ވިޔަފާރިކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 02 ބިން ބިޑްއުޞޫލުން ކުއްޔަށް ދޫކުރުމާއިބެހޭ

 އިޢްލާން

 ރަސްމާދޫ ބަނދަރު ސަރަހައްދުން އާއްމު ވިޔަފާރިކުރުމަށް  ދޫކުރުމަށް ހަމަޖެހިފައިވާ 02  ބިން  ބިޑް އުޞޫލުން ކުއްޔަށް ދޫކުރުން

         މިރަށުގެ ބަނދަރު ސަރަހައްދުން އާއްމު ވިޔަފާރިކުރުމަށް  ދޫކުރުމަށް ހަމަޖެހިފައިވާ 02  ބިން ބިޑު އުޞޫލުން ކުއްޔަށްދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ  މި  2 ބިން ބިޑް އުޞޫލުން ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ.

         ވީމާ، އާއްމު ވިޔަފާރިކުރުމަށް  އެބިންް ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑްޑޮކިއުމެންޓްސް މިކައުންސިލުން ގަންނަންލިބޭނެ ވާހަކަވެސް ދެންެނެވީމެވެ.

މަޢުލޫމާތު ދިނުން :

  • 15 މާރޗް 2017 ވާ ( ބުދަ ) ދުވަހުގެ 11:00ގައި (ރަސްމާދޫ ކައުންސިލްގެ އިދާރާގައި)

 ބިޑްު ބަލައިގަތުމަށް ބާއްވާ ބިޑް އޯޕަން މީޓިން :

  • 19 މާރޗް 2017 ވާ ( އާދީއްތަ ) ދުވަހުގެ 11:00ގައި (ރަސްމާދޫ ކައުންސިލްގެ އިދާރާގައި )
 

          ކުންފުނި، އިންވެސްޓްމަންޓް އަދި ވިޔަފާރި ފަދަ ތަނަކުން މަޢޫލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި ވިޔަފާރިއެއްކަން އެނގޭ ރަސްމީ ސިޓީއެއް އެތަނެއްގެ ލެޓަރހެޑް ގައި ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން މަޢޫލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ، ކާޑުގެ އަސްލު ގެންނަން ވާނެއެވެ. އަމިއްލަ ފަރާތަކުން އެ ބޭފުޅެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް، އެހެން ބޭފުޅަކު ޙާޟިރުވެލައްވާނަމަ، ޙާޟިރުވާ ފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. އަދި އެބޭފުޅަކު ތަމްސީލުކުރައްވާ ފަރާތުން އެފަރާތުގެ ބަދަލުގައި ތަމްސީލުކުރައްވަނީ ކޮން ބޭފުޅެއްކަން އަންގައިދޭ ސިޓީއާއެކު، އެފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

          މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ދިނުމާއި، ބިޑް ޑޮކިޔުމަންޓްސް ހަވާލުކުރުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ބިޑް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން  ރަސްމީގަޑީގައި މިކައުންސިލްގެ ފޯނުނަމްބަރ 6580049 ނަމްބަރ ފޯނާއި ގުޅުއްވުންއެދެމެވެ. އަދި މިކައުންސިލްގެ އީމޭލް އެޑްރެސް: [email protected]  މެއިލް ކުރެއްވުމުންވެސް އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. މިކަމާއި ގުޅޭ ގޮތުން އިތުރުމަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީ ގަޑީގައި މިކައުންސިލްގެ ނަމްބަރ: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 މާރިޗު 2017
ހޯދާ