ދިވެހިރާއްޖެ
ލ. ގަމު މަތިމަރަދޫ ނާސަރީ ޢިމާރާތުގެ އިރުން ހަދާފައިވާ ލޯކަލް މާރުކޭޓް ގޮޅިތައް ކުއްޔަށް ދޫކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށައެޅުއްވުން އެދެމެވެ.
| 
 ތަފްޞީލް  | 
 ތަން  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރުން  | 
 ގަމު ކައުންސިލް އިދާރާ  | 
 14 މާރޗް 2017  | 
 އަންގާރަ  | 
 13:00  | 
| 
 އަގު ހުށައެޅުން  | 
 ގަމު ކައުންސިލް އިދާރާ  | 
 20 މާރޗް 2017  | 
 ހޯމަ  | 
 13:00  | 
މަޢުލޫމާތު ދިނުން އޮންނާނީ ކައުންސިލްގެ މައި އިދާރާގައެވެ. މަޢުލޫމާތު ލިބިގަތުމާއި، އެސްޓިމޭޓް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންނަށް ބައިވެރިއެއް ނުވެވޭނެއެވެ. އަދި މިކަމަށް އެދި މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ލިބިވަޑައިގަންނަވާނީ މަޢުލޫމާތު ސާފުކުރުމުގެ 01 ފުރުޞަތެވެ.
