ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިރެކްޓަރ

            ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަގާމް:

ޑިރެކްޓަރ  

މަޤާމުގެ ނަންބަރ:           

  J-269332 ވަޒީފާގެ ނަންބަރ:

ބޭނުންވާ ޢަދަދު:

1 އެކެއް

ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:             

އީ އެކްސް 1

މަޤާމުގެ ކްލެސިފިކޭޝަން

 ޑިރެކްޓަރ   

ސެކްޝަން:

އެޓޯލް ޑިވެލޮޕްމަންޓް ސަރވިސަސް ސެކްޝަން

މަޤާމުއޮތް އޮފީސް:

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ

މުސާރަ :

-/ 8,835.00ރުފިޔާ

ސަރވިސް އެލަވަންސް:  

-/2000 ރުފިޔާ      

އިތުރު ޢިނާޔަތްތައް:

1-       ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް،

2-       ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

3-       ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ

(މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް)

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި، ވާޖިބުތައް:

މައިގަނޑު މަސައްކަތް

  1. އަތޮޅުކައުންސިލްގެ އިދާރާގައި، އެޓޯލް ޑިވެލޮޕްމެންޓް ސެކްޝަނުގެ ދެ ޔުނިޓްގެ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ހިންގައި ބެލެހެއްޓުން.
  2. ކައުންސިލުން ފާސްކުރާ ޤަރާރުތަކާއި އަމުރުތަކާއި ކަންތައްތައް، ޢާންމުކޮށް ހާމަކުރުން.
  3. އިދާރީދާއިރާގައި ހިމެނޭ ރަށްރަށުގެ ތެރެއިން އެއް ރަށަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދްމަތްތަކާއި އެކިއެކި ޤާނޫންތަކުގެ ދަށުން އަތޮޅުކައުންސިލާ ހަވާލުކޮށްފައިވާ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ކުރުން.
  4. ކައުންސިލްގެ ރައީސާއި ކައުންސިލްގެ މެމްބަރުންނަށް ޙައްޤުވާ ޗުއްޓީ ދިނުމުގެ ކަންތައްތައް ބެލެހެއްޓުން.
  5. އަތޮޅުކައުންސިލްގެ އިދާރާއިން ބަލަހައްޓަންޖެހޭ މަޢުލޫމާތާއި ތަފާސް ހިސާބު ބެލެހެއްޓުމުގެ ކަންތައްތައް ކަމާބެހޭ މުވައްޒަފުން މެދުވެރިކޮށް ބެލެހެއްޓުން.

 

 

މަގާމުގެ ފެންވަރު ނުވަތަ ޝަރުޠު/ ތަޢުލީމާ، ތަޖުރިބާތައް:

ތައުލީމީ ފެންވަރު:

1-       މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ޙާސިލް ކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-       މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ޙާސިލް ކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-       މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދު ތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ޙާސިލް ކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.  

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:     

  1. ލިބިފައިވާ ތައުލީމާއި، ތަޖުރިބާ   %50
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ   
  3. މަސައްކަތު ހުނަރާއި، ގާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް  %38

މި ލިއުންތައް އީމެއިލް މެދުވެރިކޮށް އަދި ފެކުސް މެތުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ މެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ، 6700715 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިއުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ފުރިހަމަކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު  (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެސް ހުމެނޭ ގޮތަށް)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑްގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިއުންތައް ކިޔަންއެދޭފަދަ ކޮޕީއެއް:

 

  1.  ސިވިލްސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

 

  1. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

 

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.

( ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާރާއްޖެއިން ބޭރުގެ ޕްރޮގްރާމު ތަކުގެ ފެންވަރު ބަލާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

 

(ށ) ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ)

 

(ނ) ސިވިލްސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްން ހިންގަވާ ކޯސް ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

  1. ފުރިހަމަ ކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ

 

  1. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރެނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.

 

  1. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލްސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާއެއް އަދާކުރި މުއްދަތާއިކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

 

ވަޒީފާއަށް އެދޭ ފޯމު މި ކައުންސިލަށް (ފެލިދެއަތޮޅު އަތޮޅު ކައުންސިލް)ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް އެޑްރެސް www.csc.gov.mv އިން ޑައުންލޯޑްވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މާރޗް 2017ވާ އާދީއްތަ ދުވަހުގެ 13.00ގެ ކުރިން މި އިދާރާ (ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށްއެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކުސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ފެކްސް ނަންބަރަކީ: 6700715 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު:

މި މަގާމަށް ޝަރުތުހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއުއާއި، ޕްރެކްޓިކަލާއި، އިމްތިޙާނުކުރުން ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު އިޢުލާނުގެ މުއްތަދު ހަމަވާތާ ރަސްމީ 15 ދުވަހުގެ ތެރޭގައި ކުރިމަތިލާ ފަރާތްތަކަށް އެންގޭނެމެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު (އުސޫލުގައި ބަޔާންކުރާ ޢަދަދު) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (އުސޫލުގައި ބަޔާންކުރާ ޢަދަދު) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

(މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިޔާގެ ހުރިހާ ބަޔަކުން އެންމެ ދައްވެގެން 50 އިންސައްތަ އަށްވުރެ މަތިވާން ޖެހޭނެއެވެ.)

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ކައުންސިލް އިދާރާގެ ނަންބަރ: 6700601 ފޯނާއެވެ. ފެކްސް ނަންބަރަކީ: 6700715 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.


                                

                           06 ޖުމާދަލް އާޚިރާ 1338

                           05    މާރޗް   2017

05 މާރިޗު 2017
ހޯދާ