ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ޑެޕިއުޓީ ޕްރިންސިޕަލަކު ހޯދުމަށް

 

ޝަރަފުއްދީން ސްކޫލް

ހިތަދޫ، އައްޑޫ

 

                                                           ނަންބަރ: 06 /2017/-A43GS

ވަޒީފާގެ ފުރުސަތު

މަޤާމް:  ޑެޕިއުޓީ ޕްރިންސިޕަލް   

މަޤާމުގެނަންބަރު:  J231592   

ބޭނުންވާ ޢަދަދު:      01 (އެކެއް)     

މަޤާމުގެގިންތި: ދާއިމީ

ވަޒީފާއަދާކުރަންޖެހޭސެކްޝަން: އެކަޑެމިކް

މަޤާމުއޮތްއޮފީސް: ޝަރަފުއްދީން ސްކޫލް

ވަޒީފާއަދާކުރަންޖެހޭތަން:  ޝަރަފުއްދީން ސްކޫލް / ސ/ހިތަދޫ

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތެއްގެ މަޤާމު ހަމަޖައްސާނީ ތިރީގައި މިވާގޮތަށް އެފަރާތަކަށް ލިބިލައްވާފައިވާ ސެޓުފިކެޓެއްގެ ލެވެލަށް ބަލައިގެންނެވެ.

މަޤާމް

ރޭންކް

ކްލެސިފިކޭޝަން

ޝަރުތު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް އެލަވަންސް

ޑެޕިއުޓީ ޕްރިންސިޕަލް

MS1

ޓީޗިންގ ސަރވިސް އޮފިސަރ 2

ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 2 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/5610 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

MS2

ޓީޗިންގ ސަރވިސް އޮފިސަރ 3

ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 3 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/6295 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

MS3

ޓީޗިންގ ސަރވިސް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/7035 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

MS4

ޓީޗިންގ ސަރވިސް އޮފިސަރ 5

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު   ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/7875 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

EX1

ޓީޗިންގ ސަރވިސް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން  2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/8835 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

EX2

ޓީޗިންގ ސަރވިސް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/9890 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

EX3

ޓީޗިންގ ސަރވިސް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/11065 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

EX4

ޓީޗިންގ ސަރވިސް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/12400 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

EX5

ޓީޗިންގ ސަރވިސް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރު މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓްފިކެޓު ނުވަތަ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/13890 ރުފިޔާ

މަހަކު -/2500 ރުފިޔާ

ޑެޕިއުޓީ ޕްރިންސިޕަލް

EX6

ޓީޗިންގ ސަރވިސް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ލީޑިންގ ޓީޗަރުގެ މަޤާމުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ،

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު ސްކޫލް ހިންގުމުގެ ދާއިރާއިން އެޑްވާންސް ސެޓުފިކެޓު ނުވަތަ ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ކިޔަވައިދިނުމުގެ ރޮނގުން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަހަކު -/15560 ރުފިޔާ

މަހަކު -/2500 ރުފިޔާ

އިތުރު އިނާޔަތްތައް:

-          ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-          އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މީގެ އިތުރުން، ފޯނު އެލަވަންސާއި ޓެނުއަރޝިޕް އެލަވަންސް ހަމަޖެހޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1. ހަވާލުކުރެވޭ ދަންފަޅީގައި ސްކޫލުގެ ކިޔަވައިދިނުމާގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.

2. ސްކޫލުގެ ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅޭ އެންމެހައި ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.

3. ސްކޫލުގެ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް، ދަރިވަރުންގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުން.

4. ސްކޫލަށް ބޭނުންވާ އެންމެހައި ޕޮލިސީތައް ހެދުމުގައި އިސްކޮށް ޙަރަކާތްތެރިވުން.

5. ހަވާލުކުރެވޭ ދަންފަޅީގެ ލީޑިންގ ޓީޗަރުންގެ މަސައްކަތް ކޯޑިނޭޓްކޮށް ގަވާއިދުން ހަފުތާއަކު އެއްފަހަރު ރިވިއު މީޓިންގތައް ބޭއްވުން.

6. އައު މަންހަޖު ތަންފީޒުވަމުންދާވަރު ބަލައި، ދަރިވަރުން ވަޒަންކުރެވެމުންދަނީ އޭ.އެފް.އެލް އާ އެއްގޮތަށްތޯ ބަލައި ކަށަވަރުކުރުން.

7. ދަރިވަރުންނަށް ހާސިލުވަމުންދާ މިންވަރު ދެނެގަތުމަށް ރިވިއު މީޓިންގތައް ބާއްވައި، މާއްދާތަކުގެ ނަތީޖާއާއި ގްރޭޑްތަކުގެ ކުރިއެރުން ރިވިއުކުރުން.

  1. 8.  ދަރިވަރުންނަށް ހާސިލުވާ މިންވަރު ބެލެނިވެރިންނަށް އަންގައިދިނުމުގެ ގޮތުން ބައްދަލުވުންތައް ރާވައި ހިންގުން.

9. ލީޑިންގ ޓީޗަރުންގެ މަސައްކަތްތައް މޮނިޓަރކޮށް ގަވާއިދުން އެޕްރައިޒަލް ފޯމު ފުރިހަމަކުރުން.

10. ސެޝަނުގެ އެސެމްބްލީ ކޯޑިނޭޓް ކުރުން.

11. ސްކޫލަށް ބޭނުންވާ އެންމެހައި ޕޮލިސީތައް ހެދުމުގައި އިސްކޮށް ހަރަކާތްތެރިވުން.

12. ސެޝަން މީޓިންގތައް ބޭއްވުން.

13. ސެޝަންގެ ހުރިހާ ކުލަބުތަކެއް ކޯޑިނޭޓްކޮށް މޮނިޓަރކުރުން.

14. ސްކޫލުގެ ފަރާތުން ސްކޫލް ތަމްސީލުކުރަންޖެހޭ ޖަލްސާތަކަށާއި ބައްދަލުވުންތަކަށް ހާޒިރުވެ، ސްކޫލް ތަމްސީލުކުރުން.

15. މުޖުތަމަޢާއި ސްކޫލާ ދެމެދު އޮންނަ ގުޅުމަކީ ބަދަހި ގުޅުމަކަށް ހެދުމުގެ މަސައްކަތްކުރުން.

 

 

ވަޒީފާއަށް އެދޭ ފަރާތްތަކުން ޕްރެޒެންޓޭޝަން ހުށަހެޅުން

މިމަޤާމަށް އެދޭ ފަރާތްތަކުން ޕްރެޒެންޓޭޝަން ދެއްވަންވާނެއެވެ. ޕްރެޒެންޓޭޝަން ދެއްވާނީ އިނގިރޭސިބަހުންނެވެ. ޕްރެޒެންޓޭޝަނުގެ ދިގުމިނަކީ 15 މިނިޓެވެ. ޕްރެޒެންޓޭޝަނަށް ޕޮއިންޓް ދިނުމުގައި ބަލާނީ ޕްރެޒެންޓޭޝަނުގެ ކޮންޓެންޓާއި، މުޢާމަލާތުކުރުމުގެ ޤާބިލުކަމަށެވެ. ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ޕްރެޒެންޓޭޝަނުގައި ތިރީގައިވާ ބައިތައް ހިމަނަންވާނެއެވެ.

- ޕާރސަނަލް ޕްރޮފައިލް (ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތުގެ ކުރު ތަޢާރުފެއް)

- ވަޒީފާގެ ދާއިރާއިން ހިންގާފައިވާ ޕްރެޖެކްޓްތަކާއި އޭގެ ނަތީޖާތައް.

- ވަޒީފާއަށް ކުރިމަތިލާ އިދާރާގެ ކުރިމަގު ބިނާކުރާނެގޮތުގެ ތަޞައްވަރު.

- ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށް އިންސާނީ ވަސީލަތްތައް ބިނާކުރާނެގޮތުގެ ތަޞައްވަރު.

- ވަޒީފާއަށް ކުރިމަތިލާ އިދާރާ ހަރުދަނާކޮށް ހިންގުމަށް ފައިނޭންސް މެނޭޖްކުރާނެ ގޮތުގެ ތަޞައްވަރު.

- ވަޒީފާގެ މަސައްކަތުގައި ކުރިމަތިވާނެކަމަށް ފެންނަ ގޮންޖެހުންތަކާއި އެގޮތުންޖެހުންތައް ޙައްލުކުރާނެގޮތްތައް.

- ކެންޑިޑޭޓް ކުރިމަތިލާފައިވާ ވަޒީފާއަށް އެންމެ ޤާބިލުވާކަމަށް ދެކެވަޑައިގަންނަވާ ސަބަބު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1. ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

2. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު.

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

 

 

ހުށަހަޅަންޖެހޭ ތަކެތި:

1.  ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު

2.  ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ.

   ހ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި    ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

   ށ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ                         ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

   ނ. ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

3.  ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓް ތަކުގެ ކޮޕީ.

4.  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

5.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6.  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ ( ގުޅޭނެ ނަންބަރާއެކު )

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު މިސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން    2017 މާރިޗު 09 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނއެވެ.

 

ޝޯޓް ލިސްޓްކުރުމާއި އިންޓަރވިއު:

-          މިމަޤާމަށް މީހަކު ނެގުމަށް ހަމަޖެހިފައިވަނީ އިންޓަވިއު ކުރުމަށްފަހުގައެވެ. އިންޓަވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފްތާއެއްގެ ތެރޭގައި ޝަރަފުއްދީން ސްކޫލުގައެވެ.

-          މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލައިފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

-          މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6887030 ނަންބަރު ފޯނާއެވެ.

28 ފެބުރުއަރީ  2017

 

                

                                                                                                                                                                                

05 މާރިޗު 2017
ހޯދާ