ދިވެހިރާއްޖެ
ނަންބަރު:A)EA-2017/77)
އިޢުލާން
މޯބައިލް ސްޓޭޝަންތަކުގައި ވޯޓުލުމަށްރަޖިސްޓަރީ ކުރުން
2017 އެޕްރީލް 15 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް މިހާރު ރަޖިސްޓަރީ ވެފައިވާ ރަށް ނޫން އެހެން ރަށެއް ނުވަތަ ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ހުޅުމާލެ އަދި ވިލިގިލީގައި ރަޖިސްޓަރީވުމުގެ ފުރުޞަތު 2017 މާރިޗު 09 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފީމެވެ.
މިހާރު ރަޖިސްޓަރީ ވެފައިވާ ތަނުގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިންނާއި އެސް.އެމް.އެސް (VR (Space) IDNO Send to 1414) ގެ ޒަރިއްޔާއިން ޗެކްކުރެވޭނެއެވެ.
ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ "ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަންނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުޅުމާލޭގައިނަމަ، ހުޅުމާލެ ފެރީ ޓާމިނަލުގައި އަދި ވިލިގިލީގައިނަމަ ވިލިގިލި ފެރީ ޓާމިނަލްގައި ގާއިމް ކުރެވިފައިވާ ސްޓޭޝަންތަކުންނެވެ. އަދި މިފޯމު ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
ފޯމު ހުށަހަޅާއިރު، ފޯމު ހުށަހަޅަން އަންނަ މީހާ، އެމީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ އަސްލު ހުށަހަޅަންވާނެވެ. އަދި ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ރަސްމީ ލިޔުމެއްގެ ކޮޕީއެއް އެފޯމާއެކު ހުށަހަޅަންވާނެއެވެ. ފޯމު ބަލައިގަނެވޭނީ އެފޯމު ހިފައިގެން އަންނަ މީހާ އެފޯމަށް ޒިންމާވާ ގޮތަށެވެ. އީމެއިލް ނުވަތަ ފެކުހުން ސީދާ އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ ފޯމު ބަލައެއްނުގަނެވޭނެއެވެ.
މޯބައިލް ސްޓޭޝަންތަކުގައި ފޯމު ބަލައިގަތުން އޮންނާނީ 2017 މާރިޗު 09 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެދުނު 10:00 އިން ހަވީރު 04:00 އަށެވެ. ބަންދު ދުވަސްތަކުގައި ފޯމު ބަލައިގަތުން އޮންނާނީ ހެނދުނު 10:00 އިން މެންދުރު 02:00 އަށެވެ. އަދި ހުކުރު ދުވަހު ފޯމު ބަލައިގަތުން އޮންނާނީ މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
03 ޖުމާދަލްއާޙިރު 1438