މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ޕްރޮޕަރޓީ މަނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް

ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު 

ޕްރޮޕަރޓީ މަނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮންސަލްޓަންޓް

 

ދައުލަތުގެ އިމާރާތްތަކާއި ބިންތައްބެލެހެއްޓުމާއި އަދި މި މަސައްކަތް ދެމެހެއްޓިނިވި ގޮތެއްގައި ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ހޯދުމަށް ޕްރޮޕަރޓީ މެނޭޖްމަންޓް އަދި ޑިވެލޮޕްމަންޓް ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅަކު ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ބޭނުންވެއެވެ.

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

ވީމާ، ވަޒީފާއަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  2017 މާރިޗު 9 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުއްވާއިރު ސީވީއާއި، ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަޒީފާއަދާކުރިކަމުގެ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ކޯޕަރޭޓް އެފެއާޒް ޑިވިޜަން

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު،

މާލެ،  ދިވެހިރާއްޖެ.

ޓެލެފޯން: 3349169 ، 3349129

ފެކްސް: 3324432

އީމެއިލް އެޑްރެސް: [email protected],

 

 

 

ޕްރޮޕަރޓީ މެނޭޖްމަންޓް އަދި ޑިވެލޮޕްމަންޓް ކޮންސަލްޓަންޓުގެ ޓަރމްސް އޮފް ރިފަރެންސް

(އިޢުލާން ނަންބަރު: (IUL)13-HR/13/2017/37  )

 

ތަޢާރަފް

 

ދައުލަތުގެ އިމާރާތްތަކާއި ބިންތައްބެލެހެއްޓުމާއި އަދި މި މަސައްކަތް ދެމެހެއްޓިނިވި ގޮތެއްގައި ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ ފަންނީ ލަފަޔާއި އެހީތެރިކަން ހޯދުމަށް ޕްރޮޕަރޓީ މެނޭޖްމަންޓް އަދި ޑިވެލޮޕްމަންޓް ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ތަޢުލީމު ޙާސިލްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅަކު ކޮންސަލްޓަންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފަރާތެއް ހޯދުމަށް މިމިނިސްޓްރީން ބޭނުންވެއެވެ.

 

ޙާސިލްކުރަންބޭނުންވާ ކަންކަން

 

ދައުލަތުގެ ނަމުގައިވާ އިމާރާތްތަކާއި ބިންތައް ރަނގަޅު ނިޒާމެއްގެ ދަށުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމު ކުރުމާއި، މި މަސައްކަތް ހަރުދަނާ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ބޭނުންވާ ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކޮށް މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތް ހެދުން. އަދި ދައުލަތުގެ ނަމުގައިވާ އިމާރާތްތަކާއި ބިންތައް ފަސޭހައިން ދެނެގަނެވޭނެ ގޮތަށް ހެދުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ދައުލަތުގެ ނަމުގައިވާ އިމާރާތްތަކާއި ބިންތައް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ޕްލޭން ހެދުމާއި އެމަސައްކަތް ތަންފީޒް ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުން.

 

  1. ދައުލަތުގެ އިމާރާތްތަކާއި އަދި ބިންތަކުގެ ވެލުއޭޝަން ހެދުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުދިނުމާއި ބޭނުންވާ އެހީތެރިކަން ދިނުން.

 

  1. ދައުލަތުގެ އިމާރާތްތަކާއި އަދި ބިންތައް އިންޝުއަރ ކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދުދިނުމާއި ބޭނުންވާ އެހީތެރިކަން ދިނުން.

 

  1. ދައުލަތުގެ އެސެޓް ރެޖިސްޓްރީ މެއިންޓެއިންކުރުމަށް ބޭނުންވާ ޓެކްނިކަލް ލަފަޔާއި އިރުޝާދު ދިނުމާއި އަދި މިމަސައްކަތް ފުރިހަމަކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުން.

 

  1. ދައުލަތުގެ އެސެޓް ރެޖިސްޓްރީ ބެލެހެއްޓޭނެ ރަނގަޅު ނިޒާމެއް ޤާއިމު ކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން. އަދި މި މަސައްކަތް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށް ގެންދެވޭނެ މަގުފަހިކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރުން.

 

 

މަސައްކަތުގެ މުއްދަތު

 

މި ޓީ.އޯ.އާރުގެ ދަށުން ހޮވޭ ފަރާތް މަސައްކަތްކުރަންޖެހޭ މުއްދަތަކީ އެއްބަސްވުމުގައި ސޮއިކުރެވޭ ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.

 

ތަޢުލީމާއި ތަޖުރިބާ

 

ތަޢުލީމީ ފެންވަރު:       ޕްރޮޕަރޓީ މެނޭޖްމަންޓް އަދި ޑިވެލޮޕްމަންޓް ދާއިރާއިން ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލްގެ 9 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

މަސައްކަތު ތަޖުރިބާ:      ކަމާގުޅޭ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

އުޖޫރަ

މިމަސައްކަތްކުރުމަށް ހޮވޭ ފަރާތުގެ އުޖޫރަ ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހޮވޭ ފަރާތުގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހު ދެފަރާތް އެއްބަސްވާ ގޮތެއްގެމަތިންނެވެ.

 

 

2 މާރިޗު 2017

 

 

02 މާރިޗު 2017
ހޯދާ