ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ނިޔަމި 2" ކޯހާއި ގުޅޭ

ނިޔަމި ކޯސް 2 ހިންގުމާއި ގުޅޭ

  މިކައުންސިލުން މިރަށުގައި "ނިޔަމި 2"  ކޯހުގެ އިތުރު ބެޗެއް ކުރިއަށް ގެންދިއުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ. މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ މަދުވެގެން 25 ބައިވެރިން ބައިވެރިވާނަމައެވެ.

  ވީމާ، މިކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން  12 މާރޗް 2017 ވާ އާދިއްތަ  ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލަށް ވަޑައިގެން ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. އަދި ނަންނޯޓު ކުރަން ވަޑައިގަންނަވާއިރު ބައިވެރިވުމަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން ވަޑައިގެންނެވުން އެދެމެވެ.

  މިކޯސް ފެށޭ ތާރީޚާއި، މިކޯހަށް ބައިވެރިވުމަށް ބައިވެރިން ހޯދަންޖެހޭ ތަކެއްޗާއި އިތުރު މަޢުލޫމާތު ލިބުނުހާ އަވަހަކަށް ބައިވެރިންނަށް އަންގައި ދޭނެ ވާހަކަ ދަންނަވަމެވެ.

  ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

02 މާރިޗު 2017
ހޯދާ