މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

 

 

 

 

 

 

 


މޯލްޑިވިއަން ބްލަޑް ސަރވިސަސް

 

               މާލެ،

           ދިވެހިރާއްޖެ

ނަންބަރ:  (IUL)449/1/2017/1 

ވަޒީފާގެ ފުރުޞަތު

ތާރީޚް: 01 މާރޗް 2017

 

މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ގާބިލް މީހުންނެވެ.

މަޤާމު:

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:  MS2

މުސާރަ

މަހަކު 6295/- ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޝަން

ސެންޓްރަލް ބްލަޑް ބޭންކް / ލެބޯޓްރީ އެންޑް ރިސާރޗް

 

 

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ތަޙުލީލުތައް ކުރުން
  2. ލޭ ޕްރޮސެސް ކުރުމާއި ލޭގެ މާއްދާތައް ވަކިކުރުމާއި ރައްކާތެރި ލޭ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ތަޙުލީލުތަކުގެ ރިޕޯޓް ތައްޔާރުކޮށް ބެލެހެއްޓުން
  3. ބްލަޑް ބޭންކްއަށް އަދި ލެބޯޓްރީއަށް ބޭނުންވާ ޕްރޮޓޮކޯލްސްތަކާ، ގައިޑް ލައިންސްތަކާ، އެސް.އޯ.ޕީ ތައް ލުމުގައި އެހީތެރިވެދިނުން.
  4. ބްލަޑް ބޭންކްއަށް ބޭނުންވާ ތަކެތީގެ ސްޓޮކް ބެލެހެއްޓުމަށް އެހީތެރިވެދިނުން
  5. ލޭ ނެގުމާއި، ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާއި ގުޅޭގޮތުންނާއި ތެލެސީމިއާ އެންޑް އަދަރ ހީމަގްލޮބިނޯޕަތީސްއާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން
  6. ލޭ ހަދިޔާ ކުރުމާ ބެހޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާ ކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް ދާއިމީ ގޮތެއްގައި ލޭހަދިޔާ ކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތަކުގަ އާއި ބްލަޑް ކޭންޕްތަކުގައި ބައިވެރިވުން
  7. ޕޭޝަންޓުންނާއި ޑޯނަރުންގެ ބްލަޑް ސާމްޕަލް ނެގުން
  8. ޑޯނަރުންނާއި ޕޭޝަންޓުންގެ ޓީ.ޓީ.އައި ސްކްރީނިންގް ކުރުމާއި، އެންޓިބޮޑީ ސްކްރީނިންގް ކުރުމާއި، ކްރޮސްމެޗް ހަދާ ރިޕޯޓް ތައްޔާރުކުރުން
  9. ލެބޯޓްރީގައި ބޭނުންކުރަމުންދާ ހުރިހާ އިކުއިޕްމަންޓްސްތައް ދުވަހުން ދުވަހުން ސާޕްކޮށް ބެލެހެއްޓުން
  10. ލެބޯޓްރީއަށް ބޭނުންވާ ތަކެތީގެ ސްޓޮކް އަޕްޑޭޓްކޮށް ހުސްނުވާގޮތަށް ސްޓޮކް ބެލެހެއްޓުން

 

 

 

 

ތަޢުލީމާއި ތަޖުރިބާ

  1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ

  1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމު:

ލެބޯޓްރީ ޓެކްނޮލޮޖިސްޓް

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  MS1

މުސާރަ

މަހަކު 5610/- ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޝަން

ސެންޓްރަލް ބްލަޑް ބޭންކް / ލެބޯޓްރީ އެންޑް ރިސާރޗް

 

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ލޭ ޕްރޮސެސް ކުރުމާއި ލޭގެ މާއްދާތައް ވަކިކުރުމާއި ރައްކާތެރި ލޭ ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ތަޙުލީލުތައްކޮށް އޭގެ ރިޕޯޓް ތައްޔާރުކޮށް ފައިލްކޮށް ބެލެހެއްޓުން
  2. ބްލަޑް ބޭންކަށް އަލަށް ބޭނުންވާ ޕްރޮޓޮކޯލްސްތަކާ، އެސް.އޯ.ޕީ ތައް ލިޔުމަށް އެހީތެރިވެދިނުން
  3. ބްލަޑް ބޭންކަށް ބޭނުންވާ ތަކެތީގެ ސްޓޮކް އަޕްޑޭޓްކޮށް ހުސްނުވާގޮތަކަށް ސްޓޮކް ބެލެހެއްޓުމަށް އެހީތެރިވުން
  4. ތެލެސީމިއާ ސްކްރީން ކުރުމަށް އަންނަ ފަރާތްތައް ރަޖިސްޓްރީކޮށް ބްލަޑް ސާމްޕަލްތައް ނަގައި ޑައިގްނޯސިސް ކުރުމުގެ ހުރިހާ މަސައްކަތެއްކޮށް ރިޕޯޓްތައް ތައްޔާރުކޮށް ނަތީޖާ ދޫކުރުން
  5. ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެހީތެރިވެދީ އައުޓްޑޯ ތެލެސީމިއާ ސްކްރީނިންގް ޕްރޮގްރާމްތަކުގައި ބައިވެރިވުން
  6. ލެބޯޓްރީގައި ބޭނުންކުރަމުންދާ ހުރިހާ އިކުއިޕްމަންޓްސްތައް މެއިޓެނެންސްކޮށް ދުވަހުން ދުވަހަށް ސާފުކޮށް ބެލެހެއްޓުން
  7. ޕޭޝަންޓުންނާއި ޑޯނަރުންގެ ސާމްޕަލް ނެގުމާއި ޓީ.ޓީ.އައި ސްކްރީނިންގް ކުރުމާއި އެޗް.ބީ ސްކްރީން އަދި އެކްސްމެޗްގެ ރިޕޯޓްތައް ތައްޔާރުކުރުން
  8. ލޭ ނެގުމާއި ލޭ ރައްކާކުރުމާއި، ލޭ ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި ތެލެސީމިއާ އެންޑް އަދަރ ހީމަގްލޮބިނޯޕަތީސްއާ ގުޅޭ ގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  9. ލޭ ހަދިޔާ ކުރުމާ ބެހޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމާއި، އަލަށް ލޭ ހަދިޔާ ކުރުމަށް އެދޭ ފަރާތްތައް އިތުރުކޮށް ދާއިމީ ގޮތެއްގައި ލޭ ހަދިޔާކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތަކުގައާއި ބްލަޑް ކޭންޕްތަކުގައި ބައިވެރިވުން

 

 

 

ތަޢުލީމާއި ތަޖުރިބާ

 

  1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ

  1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމު:

ސީނިއަރ ރެޖިސްޓަރޑް ނާރސް

ބޭނުންވާ ޢަދަދު

20

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް:  MS2

މުސާރަ

މަހަކު 6295/- ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޝަން

ސެންޓްރަލް ބްލަޑް ބޭންކް / ތެލެސީމިއާ އެންޑް އަދަރ ހީމޯގްލޮބިނޯޕަތީސް ސެންޓަރ

 

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

 

  1. ބްލަޑް ބޭންކުގައި ނަރުހުންގެ މަސައްކަތައް ބޭނުންވާ އެންމެހާ ތަކެތި ހޯދާފައި ބެހެއްޓުން. އަދި ބްލަޑް ބޭންކުގައި ބޭނުންކުރުމަށް ބެހެއްޓިފައި ހުންނަ އިންޖެކްޝަން އައިވީ ފުޅިތަކަކީ މުއްދަތު ހަމަނުވާ ތަކެތިކަމުގައި ޔަޤީންކުރުން
  2. ބްލަޑް ބޭންކްގައި ބޭނުންކުރާ އެންމެހައި އިންސްޓްރޫމަންޓްސް އޮޓޯކްލޭވް ކުރޭތޯ މޮނިޓަރ ކުރުން
  3. ޑޯނަރުންގެ ގައިން ރައްކާތެރިކަމާއިއެކު ލޭނެގުމާއި ޑޯނަރ ކެއަރ ދިނުން އަދި ބްލަޑް ކޭމްޕްތަކުގައި ބައިވެރިވުން
  4. ބްލަޑް ބޭންކްގެ މަސައްކަތްތަކުގެ ރިޕޯރޓްތަކާއި ރެކޯޑްސްތައް ބެލެހެއްޓުން
  5. ބްލަޑް ބޭންކްގައި މަސައްކަތްކުރާ ނަރުހުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް ބެލެހެއްޓުން
  6. ބްލަޑްކޭމްޕްތަކުގައި ބައިވެރިވުން އަދި ބްލަޑް ކޭމްޕްތަކުންލިބޭ ބްލަޑްގެ ސްޓޮކް ބެލެހެއްޓުން
  7. ތެލެސީމިއާ ކުދިންނަށް ލޭގުޅައިދިނުމާއި ލޭގުޅައިގެންތިބޭ ވަގުތު ޕޭޝަންޓުން މޮނިޓަރކުރުން. އަދި ތެލެސީމއާ ކުދިންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކުދިންނަށް މައުލޫމާތުދިނުން
  8. ވޯޑަށް ބޭނުންވާ އެންމެހާ ތަކެތި މަދުނުވާހެން ހޯދައިފައި ބެހެއްޓުން، އަދި ވޯޑުގައި ހުންނަ ބޭސް، އިންޖެކްޝަން އައި.ވީ ފުޅިތަކަކީ މުއްދަތު ހަމަނުވާ ތަކެތިކަމުގައި ޔަޤީންކުރުން. އެއްވެސް އެއްޗެއް ހަލާކުވެއްޖެނަމަ ސުޕަވައިޒަރަށް ރިޕޯޓްކުރުން
  9. ޖޫނިއަރ ނަރުހުން އަދި އެޓެންޑެންޓުންގެ މަސައްކަތްތައް ބެލުން
  10. ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުން
  11. ތެލެސީމިއާ ކުދިން ދަގަނޑުގެ ބައިތައް ދަށްކުރުމަށް ބޭނުންކުރާ ބޭސްތައް ދޫކުރުން
  12. ސުޕަވައިޒަރު ނެތް ޙާލަތެއްގައި ވޯރޑްގައި ދިމާވާ މައްސަލަތައް ހައްލުކުރުން
  13. ނަރުހުންގެ ފެންވަރު ރަގަޅުކުރުމަށްޓަކައި ޕްރޮގްރާމް ހިންގުން

 

 

 

 

 

ތަޢުލީމާއި ތަޖުރިބާ

  1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ

4. މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން

 

މަޤާމު:

ރެޖިސްޓަރޑް ނާރސް

ބޭނުންވާ ޢަދަދު

02

މަގާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:  MS1

މުސާރަ

މަހަކު 5610/- ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ޑިވިޝަން

ސެންޓްރަލް ބްލަޑް ބޭންކް / ތެލެސީމިއާ އެންޑް އަދަރ ހީމޯގްލޮބިނޯޕަތީސް ސެންޓަރ

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ވޯޑުގައި ހުންނަ ބޭސް، އިންޖެކްޝަން އައި.ވީ ފުޅިތަކަކީ މުއްދަތު ހަމަނުވާ ތަކެތިކަމުގައި ޔަޤީންކުރުން. އެއްވެސް އެއްޗެއް ހަލާކުވެއްޖެނަމަ ސުޕަވައިޒަރަށް ރިޕޯޓްކުރުން.
  2. ތެލެސީމިއާ ކުދިންނަށް ލޭގުޅައިދިނުމާއި ލޭގުޅައިގެންތިބޭ ވަގުތު ޕޭޝަންޓުން މޮނިޓަރކުރުން. އަދި ތެލެސީމއާ ކުދިންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކުދިންނަށް މައުލޫމާތުދިނުން
  3. ލޭގުޅާގެން ތިބޭ ކުދިން މޮނިޓަރ ކުރުން، އަދި ލޭގުޅުމާ ގުޅިގެން ކުއްޖާއަށް އަންނަ އެއްވެސް ބަދަލެއް އާދޭތޯ ބަލައި، ކަނޑައެޅިފައިވާ ވަގުތުގައި ލޭއަޅާ ނިންމުން.
  4.  ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގައި ބައިވެރިވުން.
  5. ތެލެސީމިއާ ކުދިން ދަގަނޑުގެ ބައިތައް ދަށްކުރުމަށް ބޭނުންކުރާ ބޭސްދޫކުރުން
  6. ބްލަޑް ބޭންކުގައި ބޭނުންކުރުމަށް ބެހެއްޓިފައި ހުންނަ އިންޖެކްޝަން އައިވީ ފުޅިތަކުގެ މުއްދަތު ޗެކްކޮށް ބެލެހެއްޓުން.
  7. ބްލަޑް ބޭންކްގައި ބޭނުންކުރާ އެންމެހައި ތަކެއްޗާއި އިންސްޓްރުމަންޓްސް އޮޓޯކްލޭވް ކުރުން
  8. ޑޯނަރުންގެ ގައިން ރައްކާތެރިކަމާއިއެކު ލޭނެގުމާއި ޑޯނަރ ކެއަރ ދިނުން އަދި ދިމާވާ އާދަޔާޙިލާފްކަންކަން ސުޕަވައިޒަރައް ރިޕޯރޓްކުރުން.
  9. އަމިއްލަޔަށް އެދިގެން ލޭ ހަދިޔާކުރުމުގެ ރޫޙު އާލާކުރުމުގެ ގޮތުން މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވާ ހިންގުމަށް އެހީތެރިވެދިނުން.
  10. ބްލަޑްކޭމްޕްތަކުގައި ބައިވެރިވުން އަދި ބްލަޑް ކޭމްޕްތަކުންލިބޭ ބްލަޑްގެ ސްޓޮކް ބެލެހެއްޓުން

 

 

 

ތަޢުލީމާއި ތަޖުރިބާ

  1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

  1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން

ނުވަތަ

  1. މަގާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި އޮފީހުގެ ކައުންޓަރުންނާއި ސިވިލް ސަރވިސްގެ ސައިޓުން ލިބެން ހުންނާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާ ކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:

(ހ) މޯލްޑިސްވް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަ ކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ގަބޫލު ކުރެއްވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގް އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސަ ޓްރޭނިންގް އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާ ތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާ ތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްއިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  1. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ލައިސެންސާއި ރެޖިސްޓްރޭޝަން.

 

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް

  • މީހުންނާ ރަގަޅަށް މުޢާމަލާތް ކުރަން އެގުން.
  • ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު.
  • އިނގިރޭސި ބަހުގެ ފެންވަރު.
  • މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރަންއެގުން / މަސައްކަތް ރާވާ ހިންގުމުގެ ޤާބިލްކަން ހުރުން.
  • ޙާޞިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނު
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
  • ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

ޢިނާޔަތްތައް

  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  • ރަމަޟާން މަހުގެ ޢިނާޔަތް.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.
  • ޑިއުޓީ އުޞޫލުން މަސައްކަތް ކުރައްވަންޖެހޭނަމަ ކަނޑައެޅިފައިވާ އުޞޫލުން ޑިއުޓީ އެލަވަންސް.

ސުންގަޑި

12 މާރޗް 2017 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވިއަން ބްލަޑް ސަރވިސަސް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ މާރޗް މަހުގެތެރޭގައި، މޯލްޑިވިއަން ބްލަޑް ސަރވިސަސް، މިނިސްޓްރީ އޮފް ހެލްތް (މަޖީދީމަގު).

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލާ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3333886 އެވެ.

         

 

 


 


 

01 މާރިޗު 2017
ހޯދާ