ޢަފީފުއްދީންސްކޫލް
ދިވެހިރާއްޖެ
އިނާމު ދިނުމުގެ ޖަލްސާއަށްް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ހޯދުމާބެހޭ

GS-72/IUL/2017/05: rwbcmwn

cnWluAia

އިނާމު ދިނުމުގެ ޖަލްސާއަށްް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ހޯދުމާބެހޭ

މި ސްކޫލުގެ އަހަރީ އިނާމުދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީއާއި ޝީލްޑް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތަކެތި ތައްޔާރުކޮށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކުގައި ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.  އަދި ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީހިސާބު ހުށައެޅޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީ ހިސާބު ހުށައެޅުމާއި ބަލައިގަތުން

2017 މާރިޗު 9 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް

2017 މާރިޗު 14 ވާ އަންގާރަ ދުވަހުގެ 13:30 އަށް

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ ގުޅުއްވާނީ 6528041 ނަންބަރު ފޯނަށެވެ.

02 F 1438

01 މާރިޗް 2017

                                         

01 މާރިޗު 2017
ހޯދާ