ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ސާފްކުރުން

އިޢުލާން

އަސާރީ  ސަރަހައްދުގެ ދެކުނުން ކެޑުމަށް ހަމަޖެހިފައިވާ މަގާއި، ހުކުރު މިސްކިތް މަގާއި،  މި ދެމަގުގައި ހުރި ރުއްގަހުގައި  މިހާރު ހުންނާނީ ގަދަފެހި ކުލައިގެ ދަވާދަކުން  01 ން 29 އަށް  ނަމްބަރު ޖަހާފައެވެ.

ވީމާ، ދެންނެވިފައިވާ ދެ ސަރަހައްދުގައި އެއްވެސް ފަރާތެއްގެ ރުކެއް ގަހެއް ހުރިނަމަ އެއީ ކޮންފަރާތެއްގެ ގަހެއްކަން ނުވަތަ ރުކެއްކަން އެގޭނޭ ގޮތަށް އެރުކެއް އަދި ގަހެއްގައި މިއިދާރާއިން ޖަހާފައިވާ ނަމްބަރު ( 2017  މާރިޗް 12 ) ވާ އާދީއްތަ  ދުވަހުގެ 14:00 ގެ  ނިޔަލަށް  މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ދަންނަވަމެވެ. މިސަރަހައްދުގައިހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށްޓަކައި މިއިދާރާގެ ނަމްބަރު 374-C/2017//13 ( 12 ފެބުރުވަރީ 2017 ) އިޢްލާނުގައިވެސް ދެންނެވިފައި ވާނެއެވެ. މިއީ މިސަރަހައްދުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށްޓަކައި ކުރެވޭ 02 ވަނަ އިޢްލާނުވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާނު ކުރީމެވެ. 

01 މާރިޗު 2017
ހޯދާ