ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުން

                                                 

ނަންބަރު: 418/418/2017/10(IUL)

އިޢުލާން

އަންދާސީ ހިސާބު ހޯދުން:

މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް އިން ކުރިއަށް ގެންދާ ސްޕޯރޓްސް އެރީނާ ޕްރޮޖެކްޓުގެ ދަށުން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ މި ރަށުގެ ފުޓްބޯޅަ ދަނޑުގެ ފަސްގަނޑު '1 ފުންމިނަށް ކޮނެ ފަސްނަގައި، ރަށުގެ ފަޅުން ވެލި ނެގުމުގެ ހުއްދަ އީ.ޕީ.އޭ އިން ދީފައިވާ ސަރަޙައްދުން ކޮނެގެން ވެލި ނަގައި ފުޓްބޯޅަ ދަނޑަށް އަޅައި ދަނޑުގެ ފަސްގަނޑުކޮނެގެން ނަގާލެވުނު ފަސްތައް ފުރާނައި ދަނޑަށް އަޅައި ބިން ލެވެލްކުރުމުގެ މަސައްކަތް ކުރުމަށް މި އިދާރާއިން ކުރެވުނު ނަންބަރ:IUL)418-AS/418/2016/55) (14ނޮވެމްބަރ2016) އިޢުލާނާއި ގުޅިގެން މަސައްކަތް ޙަވާލު ކުރުމަށް ވެވުނު އެއްބަސްވުން ބާޠިލްކޮށް އަލުން މި މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފްކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީ ހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ގދ. ނަޑެއްލާ ފުޓްބޯޅަ ދަނޑުން ކޮނެގެން ފަސް ނަގައި ފަޅުން ކޮނެގެން ދަނޑަށް ވެލި އަޅައި ދަނޑުގެ ފަސްގަނޑު ލެވެލްކުރުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން:        06 މާރިޗް 2017 ވާ ހޯމަ ދުވަހުގެ 13:00ގައި  
  2. އަންދާސީ ހިސާބު ބަލައިގަތުން:      09 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ 13:00ގައި

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

02 ޖުމާދުލްއާޙިރާ 1438

01 މާރިޗް 2017

01 މާރިޗު 2017
ހޯދާ