ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2017 ވަނަ އަހަރު މިރަށު މަގުތަކުގައި ޖަހާފައިވާ ހޮޅިބުރިތައް މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާއި ބެހޭ

`

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

އިހަވަންދޫ      

ދިވެހިރާއްޖެ                                                            ނަމްބަރ: (IUL)248-CAFA/248/2017/23 

                                                       

އިޢުލާން

 

2017 ވަނަ އަހަރު މިރަށު މަގުތަކުގައި ޖަހާފައިވާ ހޮޅިބުރިތައް މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

 

ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 މާރިޗު 2017 ވާ ބުރާސްފަތި ދުވަހުގެ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 23 މާރިޗް 2017 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ( ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތްތަކާއެކު ) ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ސިޓީއުރައަކަށް ލައި ބަންދުކޮށް މަގުތަކާއި އިޖުތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ ހޮޅިބުރިތައް މަރާމާތުކޮށް ބަލަހައްޓާ ދިނުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

30 ޖުމާދަލްއޫލާ 1438

27 ފެބުރުވަރީ  2017     

27 ފެބުރުވަރީ 2017
ހޯދާ