ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ސްޕޯޓްސް އެރީނާގައި ހިމެނޭ 2 ވޮލީ ކޯޓާއި ނެޓް ބޯޅަ ކޯޓް އެޅުމާއި ބެހޭ

`

 

ޞުލްޙަވެރިކަން ރައްޔިތުންނަށް – ސަމާލުކަން ތަހުޒީބަށް

 

 

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

 އިހަވަންދޫ                            

ދިވެހިރާއްޖެ                              ނަމްބަރ: (IUL)248-CAFA/248/2017/22 

                                                       

އިޢުލާން

 

އިހަވަންދޫ ސްޕޯޓްސް އެރީނާގައި ހިމެނޭ 2 ވޮލީ ކޯޓާއި ނެޓް ބޯޅަ ކޯޓް އެޅުމާއި ބެހޭ

 

އިހަވަންދޫ ސްޕޯޓްސް އެރީނާގައި ހިމެނޭ 2 ވޮލީ ކޯޓާއި ނެޓްބޯޅަ ކޯޓް އަޅަން ބޭނުން ވެއްޖެއެވެ.

 

ވީމާ، އެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 މާރިޗް 2017 ވާ ބުދަ ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 22 މާރިޗް 2017 ވާ ބުދަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

 

މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް ( ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތްތަކާއެކު ) ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް އިހަވަންދޫ ސްޕޯޓްސް އެރީނާގައި ހިމެނޭ 2 ވޮލީ ކޯޓާއި ނެޓްބޯޅަ ކޯޓް އެޅުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

30 ޖުމާދަލްއޫލާ 1438

27 ފެބުރުވަރީ  2017  

ޚާދިމްކުމް 

 

 

 

ޢަބްދުލްމުޢީދު އިބްރާހީމް

އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް

-/ޢސމ

27 ފެބުރުވަރީ 2017
ހޯދާ