ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢުވަތު

ބައިނަލްއަޤުވާމީ މުބާރާތެއްގެ ދަޢްވަތު

މެލޭޝިޔާގެ ކުއަލަލަމްޕޫރުގައި 2017 ވަނަ އަހަރު މޭ މަހުގެ 15 އިން 20 އަށް  ބޭއްވުމަށް ހަމަޖެހިފައިވާ "59 ވަނަ އިންޓަނޭޝަނަލް ޤުރްއާން ރިސައިޓަރސް އެސެމްބްލީ" ގައި ބައިވެރިވުމުގެ ދައުވަތުވަނީ ރާއްޖެއަށް ލިބިފައެވެ. މިމުބާރާތުގައި ކޮންމެ ޖިންސަކުން ބޭފުޅަކު ބައިވެރިވުމުގެ ފުރުޞަތު އެބައޮތެވެ. މި އެސެމްބްލީގައި ބައިވެރިވެ ވަޑައިގަންނަވާ 2 ބޭފުޅުންނަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު މެލޭޝިޔާ ސަރުކާރުން ދެއްވާގޮތަށްވަނީ ހަމަޖެހިފައވެ.

 

ބައިވެރިވުމުގެ ޝަރުޠު

 

  1. މި މުބާރާތުގައި މީގެކުރިން ބައިވެރިވެފައިވާނަމަ ބައިވެރިވިފަހުން 3 އަހަރު ހަމަވެފައިވުން.
  2. މި މުބާރާތުގައި މީގެކުރިން ބައިވެރިވެ އެ ކެޓަގަރީއަކުން 1 ވަނަ ހޯދާފައިވާ ފަރާތެއްކަމުގައި ނުވުން.
  3.  ޢުމުރުން 13 އަހަރުން މަތީގެ ފަރާތެއް ކަމުގައިވުން.
  4. ތަޖުވީދުމަގުން ރީތިކޮށް ދިގުރާގަށާއި ކުރުރާގަށް ކިޔަން އެނގުން / ހިތުދަސްކޮށްގެން ތިލާވަތުގެ ހަމަތަކާ އެއްގޮތަށް ކިޔަވަން އެނގުން.

 

މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ 2 ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2017 މާރޗް 05 ވާ އާދީއްތަ ދުވަހުގެ 12.00 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު އައިޑީކާޑް ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

30 ޖުމާދަލްއޫލާ 1438

27  ފެބްރުއަރީ 2017

27 ފެބުރުވަރީ 2017
ހޯދާ